އުރީދޫ އިން ގެންނަ އީދު ޝޯ މިއަހަރު ޑިޖިޓަލްކޮށް ކުރިއަށް ގެންދަން ނިންމައިފި އެވެ.
އެކަން ހާމަކޮށް އުރީދޫން ބުނީ، ކޮވިޑް 19 އިން ރައްކާވެ ތިބުމަށާއި ބަލި ފެތުރުން ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތްކަތާއެކު އީދު ފަދަ ހާއްސަ ދުވަސް ތަކުގައި ޒާމާންވީ އާދަކާދަތަކަށްވެސް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
އާއިލާ އާއި ރަށްޓެހިން އަދި އަވައްޓެރީންނަށް ޒިޔާރާތްކޮށް ހެދުމަށް އުޒުރުވެރިވެ ގޭގައި މަޑުކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި، ދިމާވެފައިވާ ގޮންޖެހުންތަކާއެކު ގޭގައި ތިބެގެން އުފާވެރި، ކުލަގަދަ އީދެއް ފާހަގަ ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން ޑިޖިޓަލް މިޔުޒިކް ޝޯއެއްގެ ގޮތުގައި، އުރީދޫ އީދު ޝޯ ބާއްވަން ނިންމީ ކަމަށް ވެސް ބުނެފައިވެއެވެ.
އުރީދޫ އީދު ޝޯ ގައި ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ފަންނުވެރިންތަކެއް ފެނިގެންދާނެ ކަމަށްވެސް ބުނެފައި ވެއެވެ. އޭގެ ތެރެއިން ޒަކިއްޓެ، ޝަންމޫނު، ހަބޭސް ފިއުޝަން، ބަތޫލް އަދި ޑަންޑޫރަ ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.
އުރީދޫ އީދު ޝޯ ބޭއްވުމަށް ހަމަޖައްސާފައިވަނީ މިމަހު 14 ވަނަ ދުވަހުގެރޭ (މާދަމާރޭ) 9:00 ގައި އުރީދޫ މޯލްޑިވްސްގެ ޔޫޓިއުބް ޗެނަލްގައި ކަމަށްވެސް ބުނެފައިވެއެވެ. ގޭގައި ތިބެގެން މި ޝޯގައި ބައިވެރިވުމަށް ހުރިހާ ބޭފުޅުންނަށް ދައުވަތު އަރުވާ ކަމަށްވެސް އުރީދޫން ވަނީ ބުނެފައެވެ.
ޝޯ ބާއްވަން ހަމަޖެހިފަވާ ގަޑީގައި އުރީދޫ މޯލްޑިވްސް ގެ ސޯޝަލް މީޑިއާ މެދުވެރުކޮށް ނުވަތަ މި ލިންކް: ore.do/eidshow މެދުވެރިކޮށްވެސް ޝޯ ބަލައިލެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
އުރީދޫ
އުރީދޫ
އުރީދޫ
އުރީދޫ