ފިތުރު ޒަކާތުގެ ގޮތުގައި ގޮވާމުން ބަލައިގަނެފައިވާ ތަކެތި ފަގީރުންނާއި މިސްކީނުންނަށް ބަހަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ގޮވާމުން ބަލައިގަނެފައިވާ ތަކެތި މިއަދުން ފެށިގެން ފަގީރުންނާއި މިސްކީނުންނަށް ބަހަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް ޒަކާތް ބަލައިގަތުމަށް އައުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ފިތުރު ޒަކާތް ދޫކުރުމަށް ހަމަޖެހިފައިވަނީ މިއަހަރު ފަގީރުންނާއި މިސްކީނުންގެ ލިސްޓުގައި އަލަށް ނަންނޯޓު ކޮށްފައިވާ ފަރާތްތަކަށް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފިތުރު ޒަކާތް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 3:30 އާ ދެމެދު ގުރުއާނާ ބެހޭ މަރުކަޒުންނެވެ.

ޒަކާތް ބަލައިގަތުމަށް އަންނަ އިރު، އައިޑީކާޑު ނުވަތަ ޕާސްޕޯޓު ގެނައުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.