ޅ. ހިންނަވަރު ފުލޫ ކްލިނިކަށް ދެއްކި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހިންނަވަރު ކައުންސިލުގެ ރައީސް އަބްދުﷲ އިބްރާހިމް "ވަން" އަށް މިއަދު ވިދާޅުވީ އެރަށުން ބަލިވެގެން ފުލޫ ކުލިނިކަށް ދެއްކި ބަންގްލަދޭޝް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އަބްދުﷲ ވިދާޅުވީ މި ބަންގުލަދޭޝް މީހާ ކޮވިޑަށް ޕޮޒިޓިވްވީ ކިހިނެއްކަން އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. ނަމަވެސް އޭނާއަށް ބަލި ޖެހުނު ގޮތް ބަލަމުން އަންނަ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.
އެ ކޭސްއާ ގުޅިގެން ހިންނަވަރު އަދި މޮނިޓަރިންއަށް ލައިފައެއް ނުވެއެވެ. ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ ގުޅިގެން އެ މަސައްކަތް ކުރަމުން އަންނަ ކަމަށް އަބްދުﷲ ވިދާޅުވިއެވެ.
ހިންނަވަރުގައި މީގެ ކުރިންވެސް ވަނީ ކޮވިޑު ބަލި ފެތުރިފައެވެ.
ރާއްޖޭގައި މިހާރުވެސް 44 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ކޮވިޑުގެ ނުރައްކާ ރަނގަބީލުގެ އަޑު ގަދަވެފައިވާ އިރު، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އަދަދުތައް އުޅެނީ 1000 އިން މަތީގައެވެ. މި ބަލީގައި ރާއްޖެއިން 87 މީހަކު ވަނީ މަރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު