ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް ފީޗާ ނުވަތަ ވީއޯޑީ އަށް މުޅިން އާ މުނިފޫހިފުލުވުމާއި ދީނީ ކޮންޓެންޓު ތައާރަފުކޮށްފިއެވެ.
އާ ކޮންޓެންޓުތަކުގެ ތެރޭގައި ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަގެ ޓޯކް ޝޯ "އަޒޯނާ" ވެސް ހިމެނެއެވެ. މި ޝޯ އަކީ މަޝްހޫރު ފިލްމީ ތަރިންނާއި ލަވަކިޔުންތެރިން ގެނެސްގެން އެ މީހުންނާ ގުޅޭގޮތުން މީގެ ކުރިން އަޑު ނީވޭ އެތައް ވާހަކައެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ޝޯ އެކެވެ.
މީގެ އިތުރުން، "އިސްލާމީ ނޫރު" މި ނަމުގައި ދީނީ މައުލޫމާތު ފޯރުކޮށްދޭ ވަރަށް ހާއްސަ ޝޯ އެއް ވެސް ހިމެނެއެވެ. މި ޝޯ ގެނެސްދޭނީ ރާއްޖޭގެ ދީނީ އިލްމުވެރިއެއް ކަމުގައިވާ ޝައިހް މުހައްމަދު އައްލަމް ނައީމެވެ.
ހަމައެއާއެކު، މޭކަޕް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ރާއްޖޭގެ ހުނަރުވެރި މޭކަޕް އާޓިސްޓް، ރުތުބާގެ "މޭކަޕް ބައި ރުތުބާ" ޝޯ ހިމެނެއެވެ. މި ޝޯ އަކީ މޭކަޕް ކުރުމުގައި ގެންގުޅޭނެ އުކުޅުތަކާއި ބޭނުން ކުރަން ޖެހޭ ތަފާތު އާލާތްތަކާ ބެހޭ މައުލޫމާތު ގެނެސްދޭ ޝޯ އެކެވެ.
ވީއޯޑީ އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުން ތަނެއްގައި ބަލައިލުމުގެ ފުރުސަތު ލިބޭ ޒަމާނީ ފީޗާއެކެވެ. ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމް ފަރުމާކޮށްފައި ވަނީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެ ގޮތަކަށެވެ. އެގޮތުން ދިރާގު ޓީވީގެ ހޯމް ސްކްރީނުގައިވާ "އޮން ޑިމާންޑް" ޖަހާފައިވާ ފިތުން އޮން ޑިމާންޑް ކޮންޓެންޓުތައް އިތުރު ހަރަދަކާ ނުލައި ބަލައިލެވޭނެއެވެ. މީގެ އިތުރުން ދިރާގު ޕްލޭ އެޕުންވެސް ދިރާގު ޓީވީގެ ވީއޯޑީގެ ހުރިހާ ކޮންޓެންޓެއް އިތުރު ހަރަދަކާ ނުލައި ބަލައިލެވޭނެއެވެ.
މީގެ އިތުރުން، މި ދުވަސްވަރަކީ ދިރާގު ޓީވީއަށް ގުޅާލުމަށް ރަނުގެ ފުރުސަތެއް ހުޅުވާލާފައިވާ ދަނޑިވަޅެއްވެސް މެއެވެ. އެގޮތުން މިހާރު ކުރިއަށްދާ ހާއްސަ ޕޮރޮމޯޝަނެއްގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް ވެސް (ޑީކޯޑަރު) މުޅިން ހިލޭ ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ލަކީޑްރޯއަކުން ހޮވޭ ނަސީބުވެރި 20 ފަރާތަކަށް ހަ މަހުގެ މަހުފީ ހިލޭ ލިބޭނެއެވެ.
ދިރާގު ޓީވީގެ ޒަރިއްޔާއިން ބެލުންތެރިންނަށް އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލައިލެވޭނެއެވެ. އެގޮތުން 100 އަށްވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯޓްސް ޗެނަލްތައް ހިމެނެއެވެ. އަދި ލައިފް ސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކް، ސްޓާގެ ޗެނަލްތަކާއި ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތަކުގެ އިތުރުން އަލް ގުރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.
ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތުކުރުމެއް ނެތި ދިރާގުން ވަނީ ރާއްޖޭގެ 77 އިންސައްތަ ގޭބިސީއަށް ދިރާގު ޓީވީ ހިދުމަތް ފޯރުކޮށްދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު