މާލޭގައި މިއަހަރުގެ ފިތުރުު އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ކޮވިޑުގެ ހާލަތު ގޯސްވަމުންދާތީ މި އަހަރުގެ އީދު ނަމާދުުގެ ބޮޑު ޖަމާއަތް މާލޭގައި ނުބާއްވާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
ކަލަންޑަރުގައި ވާ ގޮތުން މިއަހަރުގެ ފިތުރު އީދު ދުުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ.
ކޮވިޑުގެ ހާލަތާ ގުޅިގެން މިދިޔަ އަހަރުވެސް މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދެއް ނުކުުރެ އެވެ. މިހާރުވެސް މާލެގައި ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ މަތިވަމުންނެވެ.
ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރި ނަމަވެސް މާލޭގައި ހުކުރު ކުރާ ހުރިހާ މިސްކިތްތަކުގައްޔާއި އިސްލާމީ މަރުކަޒުގައި އީދު ނަމަދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓރީން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު