އިތިއޯޕިއާ އިން ރާއްޖެ އައި އިނގިރޭސި ވިލާތުގެ ރައްޔިތެއްގެ އަތުން 10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން މިރޭ ބުނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 30 އަހަރުގެ އެ ފިރިހެން މީހާގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން އެމީހާގެ ލަގެޖް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ލަގެޖު ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށާއި އެ ތަކެތި ޓެސްޓު ކުރި އިރު ކޮކެއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ އެ މީހާގެ އަތުން އަތުލައިގެން މަސްތުވާތަކެތީގެ ބަރުދަނުގައި 3.413 ކިލޯ ގުރާމް ހުރި ކަމަށާއި އަދި މަގުމަތީ އަގު 10,239,000 ރުފިޔާއަށް އަރާ ކަމަށެވެ.
މި މައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި ކަސްޓަމްސް އިން މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު