މަންމައިންގެ ދުވަހާއި ދިމާކޮށް ކަރީނާގެ ހަގު ދަރިފުޅުގެ ފޮޓޯ ދައްކާލައިފިއެވެ.
ދޮށީ ދަރިފުޅު ތައިމޫރުގެ އަތުތެރޭގައި ކޮއްކޮ އުރާލައިގެން ހުރި މި ލޯބި ފޮޓޯ އިންސްޓަގްރާމުގައި ކަރީނާ ހިއްސާކޮށްފައިވަނީ މަންމައިން ދުވަހުގެ ތަހުނިޔާ ކިޔަމުންނެވެ.
އުއްމީދެއްގެ މަތީގައި މުޅި ދުނިޔެ ގާއިމުވާއިރު، ފެހި މާދަމާއަކަށް އޭނާއަށް އުއްމީދު އާ ވަނީ މި ދެދަރިންގެ ކިބައިން ކަމުގައި ކަރީނާގެ މެސެޖުގައި ބުނެއެވެ.
ހަގު ދަރިފުޅު އުފަންވިތާ ދެމަސްދުވަސް ވެފައިވާއިރު މީގެ ކުރީން ދަރިފުޅުގެ މޫނު ފެންނަ ފޮޓޯއެއް ކަރީނާ އާއްމުކޮށްފައެއް ނުވެއެވެ. މިހާތަނަށް އޭނާ ހިއްސާކުރި ތުއްތު ދަރިފުޅުގެ ފޮޓޯތަކުގައި މޫނު ފޮރުވުމަށް އިމޯޖީތައް ވަނީ ބޭނުން ކޮށްފައެވެ. އެހެންކަމުން ކަރީނާ ހިއްސާކުރި މި ފޮޓޯއަށް ގިނަބައެއްގެ ސަމާލުކަން އަންނަނީ ލިބެމުންނެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން