ޗައިނާއިން ނައްޓާލި 18 ޓަނުގެ ބަރު ރޮކެޓު ބައިތައް ދިވެހިރާއްޖެއާ ކައިރިން އިންޑިއާ ކަނޑަށް ވެއްޓިއްޖެ އެވެ.
ލޯންގް މާޗް 5ބީ ގެ ނަން ދީފައިވާ ރޮކެޓުގެ ބައިތައް ރާއްޖެއާ ކައިރިން އިންޑިއާ ކަނޑު ހިމެނޭ ސަރަހައްދުން އެތެރެ ވެފައިވާކަމުގައި ޗައިނާގެ ގައުމީ ސްޕޭސް އެޖެންސީން ޔަގީންކޮށްދެ އެވެ.
ދުނިޔޭގެ ފަށަލައިން އެތެރެވުމުގެ ކުރިން ހަލާކުވެފައިވާ 18 ޓަނުގެ ރޮކެޓްޝިޕް ވެއްޓޭނެ ކަމަށް މީގެ ކުރީން ބެލެވިފައި އޮތީ އެމެރިކާގެ ނިއުޔޯކު ސަރަހައްދަށެވެ.
އޭޕްރިލް 29 ގައި ޗައިނާގެ ހުޅަނގު ހައިނާނުގައި ހުންނަ ވެންޗަންގް ސައިޓުން ނައްޓާލި ލޯންގް މާޗް 5ބީ މި ސަރަހައްދަށް އެތެރެވެފައި ވަނީ ޔޫޓީސީގަޑިން އާދިއްތަ ދުވަހުގެ 02:24 ގައެވެ.
ޗައިނާއިން ދުނިޔޭގެ ސްޕޭސް ސުޕަ ޕަވާއަށް ވުމަށް ކުރާ މަސައްކަތުގައި އެތަކެއް މިޝަންތައް އަންނަނީ ޖައްވަށް ފޮނުވަމުންނެވެ. އެގޮތުން ޗައިނީސް ސްޕޭސް ޕްރޮގްރާމުގެ މަސައްކަތުގެ ތެރެއިން ފޮނުވާލާފައިވާ ލޯންގް މާޗް 5ބީ ގެ އިތުރުން 10 މިޝަން ފޮނުވާ ގޮތަށް ވަނީ ހަަޖެހިފައެވެ.
މިދިޔަ އަހަރު މޭމަހު ހިނގި ހާދިސާއެއްގައި ރޮކެޓުގެ ބައިތަކެއް އައިވަރީކޯސްޓަށް ވެއްޓި އިމާރާތްތަކެއް ހަލާކުވެފައިވީނަމަވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ޗައިނާ ރޮކެޓުގެ ބައިތައް ދުނިޔޭގެ އެކި ސަރަހައްދުތަކަށް ވެއްޓުމަކީ އާއްމު ކަމެކެވެ. މިދިޔަ އޭޕްރިލް މަހުވެސް ޖައްވަށް ފޮނުވާލި ބައިތަކެއް ވެއްޓި ގެއްލުން ވެދާނެ ކަމަށް ބަލައި ހުބެއި ޕްރޮވިންސުގައި ހިމެނޭ ޝިއަން ސިޓީން މީހުން ހުސްކުރުމަށް އޮތީ އަންގާފައެވެ.
ރާއްޖޭގެ އުތުރުން އިންޑިއާ ކަނޑަށް ރޮކެޓުގެ ބައިތައް ވެއްޓިފައިވާއިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް މިކަމުން ގެއްލުމެއް ލިބުނުކަމަށް ރެކޯޑުކުރެވިފައިވާ ކަމެއް އަދި އެނގިފައެއް ނުވެ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ