ތ. ހިރިލަންދޫން ރޯގާގެ އަލާމާތްތައް ހުރެގެން ސާމްޕަލް ނެގި މީހަކު މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން އެރަށު ކައުންސިލުގެ ނައިބު ރައީސް ސާޖިދު އާދަމް ވިދާޅުވީ، އެމީހާ ޕޮޒިޓިވްވީ ރޭގެ ވަގުތެއްގައި ކަމަށާއި އެމީހާއަކީ އަލާމާތްތައް ހުރެގެން ސާމްޕަލް ނެގި މީހެއް ކަމަށެވެ.
ސާޖިދު ވިދާޅުވީ، އެމީހާއަކީ ކައިރި މާޒީއެއްގައި އެހެން ރަށަކަށް ދަތުރުކޮށްފައިވާ މީހެއް ނޫން ކަމަށެވެ.
ސާޖިދު އިތުރަށް ވިދާޅުވީ، އެރަށުގެ މުޖުތަމައުގެ ތެރެއިން މީހަކު ޕޮޒިޓިވީ ނަމަވެސް، އެރަށް މޮނީޓަރިންގެ ހާލަތަށް އަދި ލާފައި ނުވާ ކަމަށާއި އެއީ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށެވެ.
ހިރިލަންދޫން ޕޮޒިޓިވްވެފައިވަނީ 26 އަހަރުގެ ފިރިހެނެކެވެ. ސާޖިދު ވިދާޅުވީ، އެމީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ބައެއް ކޮންޓެންޓުން މިހާރު ފާހަގަކުރެވިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ ޕޮޒިޓިވްވި މީހާ ބައެއް މީހުންނާއި ކޮންޓެކްޓްވެފައިވާކަން. މިހާތަނަށް 43 ކޮންޓެކްޓުން ފާހަގަކުރެވިފައިވޭ،" ސާޖިދު ވިދާޅުވިއެވެ.
ހިރިލަންދޫން މީގެ ކުރިންވެސް ކޮވިޑަށް މީހަކު ޕޮޒިޓިވްވެފައިވެއެވެ. އެއީ ވޭމަންޑޫ ކްލަސްޓާއާ ގުޅިގެން ކަރަންޓީނުގައި ހުއްޓައި ޕޮޒިޓިވްވި މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު