މި ރޯދަ މަހަށް ހާއްސަކޮށްގެން ވަން ކިޗަންގެ ނަމުގައި މި ގެނެސްދޭ ލިޔުންތަކުގައި ކޮންމެ ދުވަހަކު އާ ރެސިޕީއެއް ގެނެސްދެވޭނެއެވެ.

ވަން އޮންލައިން އަދި ސޯލައިޓް ރެސްޓޯރަންޓް ގުޅިގެން ގެނެސްދޭ ވަން ކިޗަންގެ ރެސިޕީތައް ތައްޔާރުކޮށްދެނީ އެ ރެސްޓޯރަންޓްގެ އެގްޒެކެޓިވް ޝެފް ޕްރަދީޕް ނިޝާންތައެވެ. މިއަދުގެ ވަން ކިޗަން އަށް ހޮވާލެވިފައިވަނީ ސްޕެގެޓީ ނަޕޯލިޓާން ރެސިޕީއެވެ.

250ގ ސްޕެގެޓީ (ފެނުކައްކާ މަޑުކުރުމަށްފަހު)

2މޭޒުމަތީސަމުސާ އޮލިވް އޮއިލް

1މޭޒުމަތީސަމުސާ ލޮނުމެދު (ކޮށާފައި)

2މޭޒުމަތީސަމުސާ ފިޔާ (ކޮށާފައި)

1ޖޯޑު ޕީލްޑް ޓޮމާޓޯ

2މޭޒުމަތީސަމުސާ ޓޮމާޓޯ ޕޭސްޓު

1ސައިސަމުސާ ބެސިލް (ކޮށާފައި)

2މޭޒުމަތީސަމުސާ ޕާމެސަން ޗީޒް

މުގުރި އަސޭމިރުސް އަދި ލޮނުކޮޅެއް

ތަވައެއްގައި ތެޔޮކޮޅެއް ހޫނުކުރުމަށްފަހު ފިޔާ އަދި އެއަށްފަހު ލޮނުމެދުކޮޅު އަޅާލައި މީރުކޮށްލާށެވެ. ޕީލްޑް ޓޮމާޓޯ އަދި ޓޮމާޓޯ ޕޭސްޓު އަޅައި އެއްކުރުމަށްފަހު ލޮނާއި އަސޭމިރުސް އެއްކޮށް، ސޯސްގަނޑު ކައްކާލާށެވެ. އަދި ކެކިގަންނަން ފެށުމުން ގިނި މަޑުކޮށް 5-10 މިނިޓުވަންދެން އިތުރަށް ކައްކާލާށެވެ. ސޯސްގަނޑު ތެރެއަށް ބެސިލްކޮޅު އެއްކޮށްލާށެވެ. އެއަށްފަހު ސްޕެގެޓީ އެއްކުރަމުން ގެންދާށެވެ. 1މޭޒުމަތީސަމުސާ ޕާމެސާން ޗީޒް އެއްކުރުމަށްފަހު އުނދުންމަތިން ބާލާށެވެ. ވަކީން ތަށްޓަކަށް ސްޕެގެޓީ ނެގުމަށްފަހު ބާކީ ހުރި ޕާމެސަން ޗީޒްކޮޅު މައްޗަށް އަޅާލުމަށްފަހު ޕާސްލީ އަދި ޓޮމާޓޯ ކޮޅަކުން ގާނިޝްކޮށްލެވިދާނެއެވެ.