މި ރޯދަ މަހަށް ހާއްސަކޮށްގެން ވަން ކިޗަންގެ ނަމުގައި ގެނެސްދީފައިވާ ރެސިޕީތަކަށްފަހު މިއަދުގެ ޑިޝް އަކީ ފިތުރު އީދަށް ހާއްސަކޮށްފައިވާ ރެސިޕީއެކެވެ.

ވަން އޮންލައިން އަދި ސޯލައިޓް ރެސްޓޯރަންޓް ގުޅިގެން ގެނެސްދޭ ވަން ކިޗަންގެ ރެސިޕީތައް ތައްޔާރުކޮށްދެނީ އެ ރެސްޓޯރެންޓުގެ އެގްޒެކެޓިވް ޝެފް ޕްރަދީޕް ނިޝާންތައެވެ. އަދި މިއަދުގެ ހާއްސަ ޕްރެޒެންޓޭޝަންގައި ވަން އޮންލައިންގެ ފަރާތުން ނަޒީމް ނައުޝާދު ވަނީ ބައިވެރިވެފައެވެ. މިއަދުގެ ވަން ކިޗަންގެ އީދަށް ހާއްސަކޮށް ހޮވާލެވިފައިވަނީ އެރޭބިއަން ޑިޝްއެއް ކަމަށްވާ ސީފުޑް ކަބްސާ ރެސިޕީއެވެ.

200ގ ޑިނގާ (ސާފުކޮށްފައި)

200ގ ބޯވަދިލަމަސް (ސާފުކުރުމަށްފަހު ކޮށާފައި)

200ގ ކަނޑުމަސް (ކޮށާފައި)

1 ޖޯޑު ފިޔާ (ކޮށާފައި)

½ 2 ޖޯޑު ހަނޑޫ (ބާސްމަތީ)

500ގ ޓޮމާޓޯ (ހަތަރެސްކަނަށް ކޮށާފައި)

½ ޖޯޑު ޓޮމާޓޯ ޕޭސްޓް

1 ޖޯޑު ބެލް ޕެޕާ (ހަތަރެސްކަނަށް ކޮށާފައި)

2 މޭޒުމަތީސަމުސާ ސިލާންޓްރޯ (ކޮށާފައި)

2 މޭޒުމަތީސަމުސާ ޕާސްލީ (ކޮށާފައި)

2 މޭޒުމަތީސަމުސާ ލޮނުމެދު (ގާނާފައި)

1 ސައިސަމުސާ ދިރި

1 މޭޒުމަތީސަމުސާ ކޮތަންބިރި ހަވާދު

1 މޭޒުމަތީސަމުސާ ތެޅިމިރުސް

½ ޖޯޑު ތެޔޮ

2 ފަޅި ހިކި ލުނބޯ (ނުވަތަ 1 މޭޒުމަތީސަމުސާ ލުނބޯތޮށި ގާނާފައި)

1 ސައިސަމުސާ ކާފޫރުތޮޅި

1 ސައިސަމުސާ ކަރަންފޫ

1 ފޮނިތޮށި (2 އިންޗިއަށް ބުރިކޮށްފައި)

2 ބޭ ލީވްސް

4 ޖޯޑު ފެން

1 ޖޯޑު ފިޔާ (ކޮށާފައި)

2 ޖޯޑު ޓޮމާޓޯ (ތޮށިނޮޅުމަށްފަހު ހަތަރެސްކަނަށް ކޮށާފައި)

2 މޭޒުމަތީސަމުސާ ލޮނުމެދު (ގާނާފައި)

2 މޭޒުމަތީސަމުސާ އޮލިވްއޮއިލް

ރަހަލާވަރަށް ލޮނާއި އަސޭމިރުސް އަދި ތެޅިމިރުސްކޮޅެއް

ބޮޑު ތާހަކަށް ތެޔޮކޮޅު އަޅާލައި ހޫނުކުރަން ޖެއްސުމަށްފަހު ކަނޑުމަސް، ޑިނގާ އަދި ބޯވަދިލަމަސް އަޅާލައި ހަތަރު މިނިޓު ވަންދެން ރޯފިލުވާލާށެވެ. ތާހުން ނެގުމަށްފަހު ވަކިން ބަހައްޓާށެވެ. އެއަށްފަހު ތެޔޮކޮޅުގެ ތެރެއަށް ފިޔާކޮޅު އަޅާލުމަށްފަހު މުށިކުލައަކަށް އަރަންދެން ހޫނުކޮށްލާށެވެ.

ލޮނުމެދާއި، ޓޮމާޓޯ، ޓޮމާޓޯޕޭސްޓާއި ހަވާދުގެ ބާވަތްތައް އެއްކޮށްލާށެވެ. އަދި ބެލް ޕެޕާ، ސިލާންޓްރޯ، ގާނާފައި ހުރި ލުނބޯތޮށިކޮޅާއި ތެޅިމިރުސް އަޅާލުމަށްފަހު ލޮނާއި އަސޭމިރުސް އެއްކޮށް ރަހަ ހެޔޮވަރުކުރަމުން ފަސް މިނިޓު ވަންދެން ކައްކާލާށެވެ. ފެން މީގެ ތެރެއަށް އެއްކުރުމަށްފަހު ހަނޑޫކޮޅު އަޅާލައި، ހާކަމުން ގެންދާށެވެ.

ކެކިގަންނަން ފެށުމުން ގިނިމަޑުކޮށް، މަތި ޖަހައިގެން 20 މިނިޓުވަންދެން ކައްކަމުން ގެންދާށެވެ. އެއަށްފަހު ބަތްގަނޑުގެ މައްޗަށް ކުރިން ހަނާކުރި ކަނޑުމަހާއި، ޑިނގާ އަދި ބޯވަދިލަމަސްކޮޅު އަޅާލާށެވެ. އަނެއްކާވެސް މަތި ޖަހައިގެން 15 މިނިޓު ވަންދެން ބަތްކޮޅު ރަނގަޅަށް ކައްކާލާށެވެ.

ތަވައެއްގައި ތެޔޮކޮޅު ހޫނުކުރުމަށްފަހު ފިޔާކޮޅު ހަރުވެލަންދެން މީރުކޮށްލާށެވެ.

ޓޮމާޓޯ، ލޮނުމެދާއި ތެޅިމިރުސް އަދި ލޮނާއި އަސޭމިރުސްކޮޅެއް މީގެ ތެރެއަށް އެއްކޮށް، މިނިޓެއް ވަންދެން ހާކަމުން ކައްކާލާށެވެ.

ކެއުމަށްޓަކައި ބަތާއިއެކު ވަކިން ސޯސް ބޭނުން ކުރައްވާށެވެ.