އަލަށް ޑްރައިވިން ލައިސަންސް އަށް އެދޭ ފަރާތްތަކަށް ލައިސެންސް ދިނުން މެދުކަނޑާލައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ޑްރައިވިން ލައިސަންސަށް އަލަށް އެދޭ ފަރާތްތަކަށް މި ހިދުމަތް ދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.
ކޮވިޑު ޖެހޭ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން ކަމާ ގުޅޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ސަރުކާރުގެ އޮފީސްތައް ބަންދުކޮށް އޮންލައިންކޮށް ހިދުމަތްތަށް ދިނުމަށް ވަނީ އަންގައިފައެވެ. އެ ފިޔަވަޅުތަކަށް މިއަދުން ފެށިގެން އަމަލުކުރަން ވަނީ ފަށައިފައެވެ.
މީގެ ކުރިންވެސް ލައިސެންސް ދިނުން މެދުކަނޑާލިއެވެ. އަދި އެކަމާ ގުޅިގެން ޒުވާނުންތަކެއް ވަނީ ޓްރާންސްޕޯޓު މިނިސްޓްރީގެ ތެރޭގައި މުޒާހަރާވެސް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު