ފުވައްމުލަކު ސިޓީގައި ކޮވިޑް ވެކްސިން ޖެހުމަށް ދޫކުރާ ނަންބަރު މަދުވުމުން ރައްޔިތުން ނުކުމެ އިހުތިޖާޖު ކުރަން ފަށައިފިއެވެ.
ފުވައްމުލަކުގައި ވެކްސިން ޖަހަން ދޫކުރަނީ 180 ނަންބަރެވެ. ފުވައްމުލަކުން "ވަން" އާ ވާހަކަދެއްކި މީހަކު ބުނީ، ވެކްސިން ޖެހުމަށް ގިނަ އަދަދެއްގެ ރައްޔިތުން ވެކްސިން ސެންޓަރަށް ޖަމާވެފައިވާ ކަމަށާއި ނަމަވެސް ވެކްސިން ޖެހުމަށް ނަންބަރު ދޫކުރަނީ 180 މީހުންނަށް ކަމަށެވެ.
ފުވައްމުލަކު ސިޓީގައި މިރޭ ޖަހަން ނިންމާފައި އޮތީ ކޮވިޝީލްޑުގެ ދެވަނަ ޑޯޒެވެ. ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި މަދުވުމުން މާލެ ސިޓީގައި ކޮވިޝީލްޑް ވެކްސިން ޖެހުން މެދުކަނޑާލުމަށް މިހާރު ވަނީ ނިންމައިފައެވެ.
"ގާތްގަނޑަކަށް 300 އެއްހާ މީހުން އެބަތިބި މިތާނގައި ވެކްސިން ޖަހަން އައިސް. އެންމެންވެސް ބޭނުންވޭ ވެކްސިން ޖަހަން،" އޭނާ ބުންޏެވެ.
ވެކްސިން ޖަހަން މިރޭ 9:00 ގައި ފަށަން އޮތް ނަމަވެސް އިހުތިޖާޖާ ގުޅިގެން ފުވައްމުލަކުގައި ވެކްސިން ޖަހަން އަދި ފެށިފައެއް ނުވެއެވެ. ފުވައްމުލަކު ވެކްސިން ސެންޓަރު ކައިރީގައި ފުލުހުންވެސް މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު