ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅި ނަމަވެސް ކޯޓުތަކުން ދެމުންގެންދާ ހިދުމަތްތައް މެދުނުކެނޑި ކުރިއަށްގެންދިއުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑުގެ ކޭސްތައް ރާއްޖޭގައި އިތުރުވަމުންދާތީ ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އެޅުމަށް ނިންމި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކޯޓުތަކުން ލިބޭ ހިދުމަތްތައް މެދުނުކެނޑި އާންމުންނަށް ފޯރުކޮށްދިނުމަށް އެ ކޮމިޝަނުގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.
ކޮވިޑު ކޭސްތައް އިތުރުވަމުން ދިއުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާދަމާއިން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމަށް ވަނީ ނިންމައިފައެވެ.
ސަރުކާރު އޮފީސްތައް ބަންދުކުރި ނަމަވެސް އޮންލައިންކޮށް މަސައްކަތް ކުރެވޭ ގޮތަށް އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށާއި ހިދުމަތްތައްވެސް އޮންލައިންކޮށް ދެވިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު