މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ ޓްރެފިކު ކުރުމުގެ ތުހުމަތުގައި މައްސަލަ ނިމެންދެން ބަންދުކޮށްފައި ތިބި ތ. ވިލުފުށި/ ހައި ވަކަރުގެ، އިބްރާހިމް އިރުފާނާއި ދަފްތަރު ނަމްބަރު 512/ އުޝާން އަދުނާން ޝަރުތަކާއެކު ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލްކޮށްފިއެވެ.
އިރުފާނާއި އުޝާން ބަންދުން ދޫކޮށްލުމަށް އަމުރު ކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވާ ގޮތަށް އެ ދެމީހުން ބަންދު ކުރަން ކޮށްފައިވާ އަމުރު މުރާޖައާކުރުމަށް އެދި ހުސްވި މާޗު މަހުގެ 21ގައި ކުރިމިނަލް ކޯޓަށް ހުށަހެޅުމުންނެވެ. ކޯޓުން އެގޮތަށް އަމުރު ކުުމުން ޕްރޮސިކިއުޓާ ޖެނެެރަލްގެ އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަލަ ހައިކޯޓުން ބެލުމަށްފަހު ކުރި ހުކުމުގައި ބުނީ، ކުރިމިނަލް ކޯޓުގެ އަމުރުން އިރުފާނާއި އުޝާން ދޫކޮށްލަން ނިންމާފައިވާ ނިންމުން ބާތިލް ކަމަށް ކަނޑައަޅައި އެ ދެމީހުން ބަންދުގައި ބަހައްޓައި ދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް އޮފިހުގެ ފަރާތުން އެ ކޯޓަށް ހުށަހަޅައިފިނަމަ، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް ކަނޑައަޅައި ހުކުމް ކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު