ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހުނު ކަމަށް އަރަމުން އަންނަ ފިލްމީ ތަރި ވާޝިޔާ (ޝިޔާ) ބުނެފިއެވެ.
ޝިޔާ މިހެން ބުނެފައި ވަނީ ސެލިންކޯ އިންޝުއަރެންސްގެ އަންހެން މުވައްޒަފުންނަށް ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަ ކުރާ ކަމުގެ ތުހުމަތާއެކު ރާއްޖޭގެ ނޫހަކުން ލިޔެފައިވާ ރިޕޯޓެއް ޓެގުކޮށް، ކޮށްފައިވާ ޓުވީޓެއްގައެވެ.
ޝިޔާގެ ޓުވީޓުގައި ބުނެފައި ވަނީ އޭނާ ސެލިންކޯގައި މަސައްކަތްކުރި އިރު އެކަނި އޮފީހުގައި އިންނަން ނުކެރޭ ވަރަށް އުނދަގޫތަކާ ކުރިމަތިވި ކަމަށެވެ. އެގޮތުން ބޭރަށް ކާން ދިއުމަށް ދައުވަތު ދިނުމާއި ހަދިޔާގެ ގޮތުގައި އެޕާޓްމަންޓުތައް ދޭނެ ކަމަށްވެސް ބުނަމުންދިޔަ ކަމަށް ބުންޏެވެ. އަދި މިއީ އޭނާއަށް އެކަނި ކުރިމަތިލާން ޖެހުނު އުނދަގުލެއް ކަމަށް އޭރު ހީވި ކަމަށް ޝިޔާ ބުންޏެވެ.
ޝިޔާގެ ޓުވީޓަށް ރައްދު ދީ ސެލިންކޯގައި މަސައްކަތް ކުރި އިތުރު މީހަކުވެސް ވަނީ އެތަނުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން ކޮންމެ ދުވަހަކު އެތަކެއް ފުރައްސާރައާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން