ބޮލީވުޑްގެ އެކްޓަރު ކާތިކް އާރްޔަން ލީޑް ރޯލުން ފެނިގެންދާ އަދި ކަބީރު ހާން ޑައިރެކްޓްކުރާ އާ ފިލްމު "ލަޑާކޫ" އަންނަ އަހަރު ދުނިޔޭގެ ސިނަމާތަކުގައި ރިލީޒްކުރާނެކަން އަނަންޔާ ބިރްލާގެ ބިރްލާ ސްޓޫޑިއޯސްއިން އިއްޔެ ރަސްމީކޮށް އިއުލާންކޮށްފިއެވެ. އެ ސްޓޫޑިއޯއިން ނެރުނު ރަސްމީ ބަޔާނުގައިވާ ގޮތުން، މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ، އުންމީދާއި ހިތްވަރު ދައްކުވައިދޭ އަސަރުގަދަ ފިލްމެކެވެ.
މި ފިލްމަކީ ކާތިކް އާރްޔަން ފުރަތަމަ ފަހަރަށް ފިލްމު ޕްރޮޑިއުސްކުރުމުގެ ދާއިރާއަށް ނުކުންނަ ފިލްމު ކަމަށް ފިލްމު އުފައްދާ ފަރާތްތަކުން ކަށަވަރުކޮށްދީފައިވެއެވެ. ބިރްލާ ސްޓޫޑިއޯސްއިން ހާމަކޮށްފައިވާ ރަސްމީ މައުލޫމާތުތަކަށް ބަލާއިރު، "ލަޑާކޫ" ޕްރޮޑިއުސްކުރަނީ އެ ސްޓޫޑިއޯއާއި، ކަބީރު ހާން އެންޓަޓެއިންމަންޓް އަދި ކާތިކް އާރްޔަންގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި ކަމަށްވާ ޑޯޕަމީން ސްޓޫޑިއޯސް ގުޅިގެންނެވެ. ކާތިކް އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ބެނާ ޑޯޕަމީން ސްޓޫޑިއޯސް އުފައްދައި، ކަބީރު ހާންއާއެކު ހަދާ ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ބައިވެރިވިކަން ފިލްމުފެއާއިން އޮގަސްޓް 17 ގައި ރިޕޯޓުކޮށްފައިވެއެވެ. އަދި އެ ދުވަސްވަރު މުމްބާއީ އާއި ކަޝްމީރުގައި އެ ފިލްމުގެ މަންޒަރުތައް ނަގަމުންދިޔަ ކަމަށް ވެސް އެ ނޫހުގައި ލިޔެފައިވެއެވެ.
މި ޕްރޮޖެކްޓަކީ 2024 ވަނަ އަހަރު ނުކުތް ކާމިޔާބު ބަޔޮގްރަފިކަލް ސްޕޯޓްސް ޑްރާމާ "ޗަންދޫ ޗެމްޕިއަން" އަށް ފަހު ކާތިކް އަދި ކަބީރު ހާން އެކުގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ. ނޭޝަނަލް އެވޯޑް ހާސިލުކޮށްފައިވާ އެ ފިލްމަށް ފަހު، މި ދެ ފަންނާނުން އަލުން ގުޅިގެން އުފައްދާ "ލަޑާކޫ" ގެ ނަމާއި ރިލީޒްކުރާ ތާރީހު އަދި ޕްރޮޑިއުސަރުންގެ މައުލޫމާތު ފިޔަވައި، ފިލްމުގެ އެހެން ތަރިންނާއި ވާހަކައިގެ އިތުރު ތަފްސީލުތައް އުފެއްދުންތެރިން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ކޮމެންޓް