މިހާރު ކުރިއަށްދާ އޭލެވެލް އިމްތިހާނުގެ ގިނަ މާއްދާތަކެއްގެ ޓެސްޓު ޕޭޕަރުތައް ލީކުވެފައިވާތީ އެ އިމްތިހާނު ކެންސަލް ކުރުމަށް ގޮވާލައި ބެލެނެވެރިން މުޒާހަރާކޮށްފިއެވެ.
މިދިޔަ ހަފުތާގައި ބާއްވަން އޮތް ފިޒިކްސް އަދި ބަޔޮލޮޖީ ޕޭޕަރު އިމްތިހާން ފެށުމުގެ ގަޑިއެއްހާ އިރު ކުރިން ވަނީ ލީކުވެފައެވެ. އަދި މިއަދު މެންދުރު 1:30ގައި ބާއްވަން ހަމަޖެހިފައިވާ ކެމިސްޓްރީ ޕޭޕަރުވެސް ވަނީ ޓެސްޓް ފެށުމުގެ ކުރިން ލީކުވެފައެވެ.
ލީކުވި ޕޭޕަރުތައް އެކި ޕުލެޓްފޯމުތަކުގައި ދައުރުވަމުންދާ އިރު، ރާއްޖޭގައި އިމްތިހާނު ބާއްވާ ވަގުތާއި އެހެން ގައުމުތަކުގައި އިމްތިހާނު ބާއްވާ ވަގުތުތައް ތަފާތުވުމުން ޓެސްޓަށް ދިޔުމުގެ ކުރިން ދަރިވަރުންނަށް ވަނީ ޕޭޕަރު ފެނިފައެވެ.
އެޑިއުކޭޝަން މިނިސްޓްރީ ހުންނަ ވެލާނާގެ ކައިރީގައި ބެލެނިވެރިން މިއަދު ކުރި މުޒާހަރާގައި އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާއަށްވެސް ވަނީ ގޮވާލައިފައެވެ.
އަދި ލީކުވެފައިވާ ޕޭޕަރުތަކެއް ދަރިވަރުން ލައްވައި ހެދުމަކީ ބޭކާރު ކަމެއް ކަމަށާއި އޭގެ ސަބަބަުން ކުދިންގެ ފެންވަރެއް ނޭނގޭނެ ކަމަށްވެސް ބައެއް ބެލެނިވެރިން ބުންޏެވެ. އޭގެ އިތުރުން އެކަމުގެ ސަބަބުން ދަރިވަރުންގެ ވަރަށް ގިނަ ވަގުތު ބޭކާރުވެ ގިނަ ކުދިން ޑިޕްރެޝަނަށް ދިއުމަށް މަގުފަހިވާނެ ކަމެއްވެސް ބުންޏެވެ.
ބެލެނިވެރިން ކުރަމުން ދިޔަ މުޒާހަރާ ހުއްޓާލާފައި ވަނީ އެޑިއުކޭޝަން މިނިސްޓަރު އެތަނަށް ވަޑައިގެން މުޒާހަރާ ކުރަމުންދިޔަ ބެލެނެވެރިންނާ ބައްދަލު ކުރެއްވުމުންނެވެ. މިނިސްޓަރު ވަނީ އެކަމުގައި އެޑެކްސެލްއާ މަޝްވަރާތަކެއް ކުރަމުންދާ ކަމަށާއި އަދި ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު