ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ކުރަމުން ގެންދިޔަ ދަތުރުތައް އަލުން ފަށަން ނިންމައިފިއެވެ.
މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް (ޕީއާރު) އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް ''ވަން'' އަށް މިއަދު ވިދާޅުވީ، އަންނަ ބުދަ ދުވަހުން ފެށިގެން ހަފުތާއަކު ތިން ފްލައިޓް ޑާކާއަށް ބާއްވާނެ ކަމަށެވެ.
މޯލްޑިވިއަން އިން ޑާކާއަށް ކުރަމުން އައި ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ. އެއީ ބަންގްލަދޭޝްގައި ކޮވިޑް-19 ފެތުރުން އިތުރުވުމާއެކު އެގައުމަށް ބައިނަލްއަގުވާމީ ފްލައިޓުތައް އެތެރެވުމާއި ބޭރުވުން އެ ގައުމުގެ ސަރުކާރުން މަނާކުރުމާ ގުޅިގެންނެވެ.
ކޮވިޑަށްފަހު މޯލްޑިވިއަން އިން ކުރަމުން އައި ބައިނަލްއަގްވާމީ ދަތުރުތައް އެންމެ ފުރަތަމަ ފެށި މަންޒިލްތަކުގެ ތެރޭގައި ވެސް ބަންގްލަދޭޝްގެ ޑާކާ ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު