މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރު ކަމަށް މުހައްމަދު އިގްނާޒު އިންތިހާބު ކޮށްފިއެވެ.
މީޑިއާ ކައުންސިލްގެ މެންބަރުންގެ ތެރެއިން މީޑިއާތަކަށް ހާއްސަ ކޮށްފައިވާ ގޮނޑިއެއް ހުސްވެފައިވާތީ އެ ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ދެ މީހަކު ކުރިމަތިލިއެވެ.
އެއީ މިއަދު ބޭއްވި އެމްއެމްސީގެ އިންތިހާބު ކާމިޔާބު ކުރި އިގްނާޒުގެ އިތުރުން، ''އެެޓޯލް ނިއުސް''ގެ ފަރާތުން އިބްރާހިމް ރަމީޒެވެ.
މި އިންތިހާބުގައި ވޯޓުލީ މީހުންގެ ތެރެއިން ''ފެށުން އޮންލައިން''ގެ ފަރާތުން ވާދަ ކުރި އިގްނާޒަށް ވަނީ 36 ވޯޓު ލިބިފައެވެ. ރަމީޒަށް ލިބުނީ އެންމެ ވޯޓެކެވެ.
އިންތިހާބުގައި ވޯޓު ލުމަށް 66 ފަރާތަކުން ރަޖިސްޓްރީ ކުރި ނަމަވެސް މި އިންތިހާބުގައި ވޯޓު ދީފައިވަނީ 37 މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު