ފިލްމީތަރި ބިކްރަމްޖީތު ކަންވަރުޕާލް ކޮވިޑު ޖެހިގެން މަރުވެއްޖެއެވެ.
ބިކްރަމްޖީތު މަރުވެފައިވަނީ ކޮވިޑުގެ ސަބަބުން ބަލި ހާލަތު ގޯސްވެ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަން ފިލްމު އުފެއްދުންތެރިޔާ އަޝޯކު ޕަންޑިތު ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ.
ބިކްރަމްއަކީ މީގެ ކުރިން އިންޑިއާގެ އަސްކަރިއްޔާގައި ހިދުމަތްކޮށް ރިޓަޔާކުރުމަށްފަހު އެތަކެއް ޓީވީ ސީރީސްތަކާއި ފިލްމުތަކުގައި ހަރަކާތްތެރިވެ އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ތަރިއެކެވެ. އޭނާ މަރުވިއިރު އުމުރުން 52 އަހަރެވެ.
ބިކްރަމް ކުޅެފައިވާ ބައެއް ސީރީސްތަކުގެ ތެރޭގައި ސްޕެޝަލް އޮޕްސް، އިލީގަލް-ޖަސްޓިސް އައުޓް އޮފް އޯޑާ، އާޕްކޭ ކަމްރޭމެ ކޮއި ރެހެތާހޭ ހިމެނެއެވެ. އަދި ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ސާހޯ، ދަ ގާޒީ އެޓޭކް، ރޮކެޓް ސިންގް:ސޭލްސްމަން އޮފް ދި އިޔާ ފަދަ ފިލްމުތައް ހިމެނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން