އަހަރުގެ ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް 109 މިލިއަން ރުފިޔާގެ ފައިދާ ވެފައިވާ ކަމަށް އެކުންފުނިން އާންމުކުރި ރިޕޯޓުން ދައްކައިފިއެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓާގެ ރިޕޯޓުން ދައްކާ ގޮތުން އެކުންފުނިން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވިޔަފާރިކޮށްގެން ޖުމުލަ 2.2 ބިލިއަން ރުފިޔާގެ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެކުންފުންޏަށް ލިބިފައިވަނީ 1.8 ބިލިއަން ރުފިޔާއެވެ.
އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ތެލުގެ ވިޔަފާރިންނެވެ. އެގޮތުން ތެޔޮ ވިއްކައިގެން އެސްޓީއޯއަށް 1.4 ބިލިއަން މިލިއަން ރުފިޔާ ލިބުނު އިރު، ތެޔޮ ނޫން އެހެން ދާއިރާތަކުން ލިބުނީ 706 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
އެސްޓީއޯއަށް ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 130 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 109 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅާ ބަލާ އިރު، 18 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ރިޕޯޓުގައިވާ ގޮތުން ކުންފުނީގެ ހަރަދުތައް ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު، 10 ޕަސެންޓް ދަށްވެފައެވެ. ކުންފުނީގެ ހަރަދުތައް މިއަހަރުގެ ފުރަތަމަ ކުއާޓާގައި އުޅޭނީ 231 މިލިއަން ރުފިޔާގައެވެ. އެއީ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ގެނައި ސްޓްރެޓެޖިކް ބަދަލުތަކެއްގެ ސަބަބުން ކަމަށް އެސްޓީއޯއިން ބުންޏެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓާއާ ހަމައަށް އެ ކުންފުނީގައި 2032 މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި 1600 އަށްވުރެ ގިނަ ދިވެހިން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު