ކޮވިޑް ޖެހުނު އިތުރު މީހަކު މަރުވެ، އެ ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 73 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 50 އަހަރުގެ އިންޑީއާ ފިރިހެނަކު މިރޭ 8:44 ހާއިރު މަރުވެފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 85 އަހަރުގެ މީހަކު ވެސް މިއަދު ވަނީ މަރުވެފައެވެ. އެއާއެކު ކޮވިޑް ބަލީގައި މިއަދު ރާއްޖެއިން ދެ މީހުން މަރުވެފައިވާ އިރު، މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 73 އަށް އަރައިފައެވެ.
މިރޭގެ މަރާއެކު މިހާތަނަށް މި ބަލީގައި ރާއްޖޭގައި މަރުވެފަައިވަނީ 65 ދިވެހިންނާއި އަށް ބިދޭސީންނެވެ. މިރޭ މަރުވި އިންޑިއާގެ މީހާގެ އިތުރުން ދެން މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު