ތ. ކިނބިދޫގައި ކަރަންޓީނުގައި ހުރި މީހަކު މަރުވެއްޖެއެވެ.
ކިނބިދޫ ކައުންސިލުގެ ރައީސް ހަސަން މުހައްމަދު މިއަދު "ވަން" އަށް ވިދާޅުވީ، މިއަދު ހެނދުނުގެ ވަގުތެއްގައި މަރުވެފައި ވަނީ އެރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓު ވެގެން ކަރަންޓީނަށް ލާފައި ހުރި މީހެއް ކަމަށެވެ.
އޭނާ މަރުވެފައިވަނީ ކަރަންޓީނުގެ 14 ދުވަސް ހަމަވެ، ރޭގެ ވަގުތެއްގައި ރިލީސް ސާމްޕަލް ނަގާފައި ވަނިކޮށް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އޭނާގެ ސާމްޕަލްގެ ނަތީޖާއެއް އަދި ނުލިބެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ކިނބިދޫ/ ކިނބިމާގޭ ހަސަން ރަހާ ނަމަކަށް ކިޔާ 32 އަހަރުގެ ޒުވާނެކެވެ.
މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ކިނބިދޫ އޮތީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެއީ އެރަށުން ނެގި ފަސް ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު