އަލް އަމީރު މުހައްމަދު ނޫރައްދީންގެ އަނބިކަނބަލުން ފާތިމަތު ނާސިރާ އަވަހާރަވެއްޖެއެވެ.

މ. ތާނގީދޮށުގެ، ނާސިރާ އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

ނާސިރާ އަވަހާރަވި އިރު، އުމުރުފުޅަކީ 87 އަހަރެވެ. އެކަމަނާގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ފަތިސް ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

އަލް އަމީރު މުހައްމަދު ނޫރައްދީނަށް ވެސް އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

އަލް އަމީރު މުހައްމަދު ނޫރައްދީނަކީ އައްސުލްތާން ހަސަން ނޫރައްދީން ދެވަނައިގެ ދަރިކަލެކެވެ. އައްސުލްތާން ހަސަން ނޫރައްދީން ވަނީ 1935 އިން 1943 އަށް ރާއްޖޭގައި ރަސްކަން ކުރައްވައިފައެވެ.