މި ރޯދަ މަހު މާލެ ސަރަހައްދުގައި 23 މިސްކިތެއްގައި ދަމު ނަމާދު ކުރުމަށް ހަމަޖައްސާފައިވާ އިރު، އަށް މިސްކިތެއް އިއުތިކާފުގައި ތިބެވޭ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން މާލެ ސަރަހައްދުގައި ދަމު ނަމާދު ކުރުމަށް ހަމަޖެއްސި 23 މިސްކިތުގެ ތެރެއިން 15 މިސްކިތް ހުންނަނީ ވެރިރަށް މާލޭގައެވެ. ދެން ހިމެނެނީ ހުޅުމާލޭގެ ފަސް މިސްކިތަކާއި ވިލިމާލޭގެ ތިން މިސްކިތެކެވެ.

  • މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލްއައުޒަމް (އިސްލާމީ މަރުކަޒު)
  • މަސްޖިދުއްސުލްތާން މުހައްމަދު ބިން އަބްދިﷲ
  • މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން
  • މަސްޖިދުއްސުލްތާން މުހައްމަދު ފަރީދުލްއައްވަލް
  • މަސްޖިދުއްސުލްތާން ހަސަން އިއްޒުއްދީން
  • މަސްޖިދު ސަލާހުއްދީން
  • މަސްޖިދު ފުރުގާން
  • މަސްޖިދު ޖަލާލުއްދީން
  • މަސްޖިދުއްނޫރު
  • އިބްރާހީމީ މިސްކިތް
  • މަސްޖިދުއްޝަހީދު އަލީ
  • މަސްޖިދު އިސްކަންދަރު
  • މަސްޖިދު ޝަހީދު އަބްދުއްރަހުމާން (ފަނޑިޔާރު މިސްކިތް)
  • މަސްޖިދުއްސުލްތާން މުހައްމަދު އިމާދުއްދީން
  • މަސްޖިދުއްސުލްތާން މުހައްމަދު ޖަމީލު ދީދީ
  • މަސްޖިދުއްސަލާމް
  • މަސްޖިދުލް އިހުލާސް
  • މަސްޖިދުލް ބިއްރީ
  • މަސްޖިދު ޝައިހް ގާސިމް ބިން އާލްޡާނީ
  • މަސްޖިދު އަޒީޒާ މޫސާ
  • މަސްޖިދު އުމަރު ބިން ހައްތާބު
  • މަސްޖިދުލް ވާލިދައިން
  • ހުޅުމާލެ ވަގުތީ މިސްކިތް (ނޭބާރހޫޑު 3)

ގްރޭޓާ މާލެ ސަރަހައްދުގައި އިއުތިކާފަށް ތިބުމަށް ހަމަޖައްސާފައިވާ އަށް މިސްކިތުގެ ތެރޭގައި ހިމެނެނީ މާލޭގެ ފަސް މިސްކިތާއި ހުޅުމާލޭގެ ދެ މިސްކިތުގެ އިތުރުން ވިލިމާލޭގެ އެއް މިސްކިތެވެ.

  • މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލްއައްޘަމް (އިސްލާމީ މަރުކަޒު)
  • މަސްޖިދުއްސުލްތާން މުހައްމަދު ބިން އަބްދިﷲ
  • މަސްޖިދު ފުރްގާން
  • މަސްޖިދު ޖަލާލުއްދީން
  • މަސްޖިދުއްޝަހީދު އަލީ
  • މަސްޖިދުލްއުހްލާސް (ވިލިމާލެ)
  • މަސްޖިދު ޝައިހް ގާސިމް ބިން އާލްޡާނީ (ހުޅުމާލެ)
  • މަސްޖިދު އަޒީޒާ މޫސާ (ހުޅުމާލެ)