އެސްޓީއޯއިން ފިޔާ ބަސްތާއެއް ވިއްކާ އަގު 100 ރުފިޔާ އަށް ކުޑަކޮށްފިއެވެ.

އެސްޓީއޯ އިން މިއަދު ބުނީ ފިޔާ ބަސްތާއެއް ހޯލް ސޭލްކޮށް ވިއްކާ އަގު ހެޔޮ ކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު ފިޔާ ކިިލޯއެއް ވިއްކަމުން ދަނީ 100 ރުފިޔާއަށް ކަމަށެވެ. ރޯދަ މަސް ފެށުނު އިރު އެސްޓީއޯ އިން 25 ކިލޯގެ ފިޔާ ބަސްތާއެއް ވިއްކަމުން އައީ 200 ރުފިޔާ އަށެވެ.

ހޯލްސޭލްކޮށް ފިޔާ ވިއްކާ އަގު ހެޔޮ ކުރި ނަމަވެސް، ރީޓެއިލްކޮށް ފިޔާ ކިލޯއެއް ވިއްކާ އަގަށް ބަދަލު ގެނެސްފައެއް ނުވެއެވެ. ފިޔާ ކިލޯއެއް މިހާރު ވިއްކަނީ 9.50 ރުފިޔާއަށެވެ.