ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ފުލިދޫ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން އަމަލީ މަސައްކަތް ފަށާފައިވަނީ މިއަދުއެވެ.
އެ މަޝްރޫއުގެ ދަށުން 270 މީޓަރުގެ ބޭރުތޮށިލުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ލެވޭ ހިލަފައިކަށިތައް ލުމާއި، 12000 ކޮޑިމީޓަރުގެ ވެލި ގިރާފައިވާ ސަރަހައްދަށް ވެލި އެޅުމަށް ހަމަޖެހިފައިވެއެވެ.
އެ މަޝްރޫއަކީ 16.94 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 350 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު