ކ. ހުރާ އާއި ތ. ވިލުފުށި މޮނިޓަރިން ހާލަތުން ނަގައިފި އެވެ.

ހުރާ މޮނިޓަރިން ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. އަދި ވިލުފުށި މޮނިޓަރިން އަށް ލާފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ.

މަސްދުވަސް ފަހުން ހުރާ އާންމު ހާލަތަށް ގެނެސްފައިވާ އިރު، އެރަށުން 175 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އަދި ވިލުފުށިން 16 މީހަކު މިއަދާ ހަމައަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ދިއްފުއްޓާއި، ވިލުފުށި މިހާރު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

މިހާތަނަށް ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 27،000 އަށްވުރެ މައްޗަށް އަރާފައިވާ އިރު، މި ބަލީގައި މިހާތަނަށް 71 މީހަކު ވަނީ މަރުވެފަ އެވެ.