އެކޯ އޯގްއިން އުރީދޫއާ ގުޅިގެން އޮންލައިން ޓޯކް ޝޯއެއް ލޯންޗުކޮށްފިއެވެ.

މި ޓޯކް ޝޯގެ މެއިން ސްޕޮންސަރަކީ އުރީދޫއެވެ. މި ޓޯކް ޝޯ ފަށާނީ އަންނަ މަހު އެވެ. މި ޝޯގައި ދުނިޔޭގެ މަޝްހޫރު ވިޔަފާރިވެރިންނާއި އިންވެސްޓަރުންނާއި ރިސާޗަރުންގެ އިތުރުން ފަންނީ ބޭފުޅުން އެކިއެކި މައުލޫތަކާއި ބެހޭ ގޮތުން ވާހަކަ ދައްކައި މަޝްވަރާ ކުރާނެއެވެ.

މި ޓޯކް ޝޯ ހޯސްޓް ކުރާނީ ކްރޮސްރޯޑްގައެވެ.

މި ޝޯގެ ފުރަތަމަ ސެޝަން ކަމަށްވާ ދަ އައިލެންޑް ސެޝަން ފަށާނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ. އެ ސެޝަންގައި ކޮވިޑަށް ފަހު ފިލްމީ އިންޑަސްޓްރީ ކުރިއެރުވުމަށް ކުރެވޭނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖައްސާފައެވެ. އެ ސެޝަންގައި ހޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރެއްކަމުގައި ބިލް ލިސްޗަކް ބައިވެރިވެވަޑައިގެންނަވާނެވެ.

މި ޝެޝަން އާ ބެހޭ އިތުރު މައުލޫމާތު ދަ އައިލެންޑް ލެބްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.