ބިދޭސީންތަކެއްގެ މެދުގައި ޖެހުނު މައްސަލައެއް ހޫނުވެ، އޭގެ ތެރެއިން އެކަކުގެ އަންހެނުންނަށް ހަމަލާ ދީފިއެވެ.
އެނގިފައިވާ ގޮތުގައި މި ހަމަނުޖެހުން ހިނގީ އެމީހުންގެ މެދުގައި ޖެހުނު ފައިސާގެ މައްސަލަތަކެއްގައެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ ހުޅުމާލެ ނައިބާހުޑް-1ގައި ބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި މީހެއްގެ ގައިގައި ލަކުނޑިބުރިއަކުން ޖަހާފައިވާ ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 7:58 ގައި ކަމަށް ފުލުހުން ބުންޏެވެ.
އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕޮޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ސުވާލުކުރުމަށް ހަތަރު މީހަކު ފުލުހަށް ހާޒިރުކޮށްފައިވާ ކަމަށާއި އެއީ ދިވެހި ދެ ފިރިހެނުންނާއި ބަންގުލަދޭޝް ފިރިހެނަކާއި އަންހެނެއް ކަަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު