ވަން އޮންލައިން އަދި ސޯލައިޓް ރެސްޓޯރަންޓް ގުޅިގެން ގެނެސްދޭ ވަން ކިޗަންގެ ރެސިޕީތައް ތައްޔާރުކޮށްދެނީ އެ ރެސްޓޯރަންޓްގެ އެގްޒެކެޓިވް ޝެފް ޕްރަދީޕް ނިޝާންތައެވެ. މިއަދުގެ ވަން ކިޗަން އަށް ހޮވާލެވިފައިވަނީ ޕޮމެގްރެނޭޓް މޮހީޓޯ އަދި ނިޝާންތަ ތައްޔާރުކޮށްދީފައިވާ ބީފް ބާގާ ރެސިޕީއެވެ.
ބޭނުންވާނެ ތަކެތި:
25މލ މިންޓު ސިރަޕް
15މލ ލެމަން ސިރަޕް
30މލ އޮރެންޖު ދިޔަ
3 ފޮތި ލުނބޯ
6 ފޮތި އޮރެންޖު
6 މިންޓު ލީވްސް
120މލ ސުޕްރައިޓް
100ގ އައިސް
ތައްޔާރުކުރާނެ ގޮތް:
ސްޕްރައިޓް ފިޔަވާ ދެންހުރި ތަކެތި ތަށްޓެއްގެ ތެރެއަށް އަޅާލުމަށްފަހު މަތި ބަންދު ވާހެން އެހެން ތަށްޓެއް އަޅައިގެން ގަދައަށް 2-3 މިނިޓު ވަންދެން ތަޅުވާލާށެވެ. އެއަށްފަހު މަތިން ބަންދުކުރި ތަށި ނެގުމަށްފަހު ސްޕްރައިޓް އަޅާލުމަށްފަހު ކުޑަކޮށް އެއްކޮށްލާށެވެ.
ބޭނުންވާނެ ތަކެތި:
200ގ ކަނޑުމަސް
2 މޭޒުމަތީސަމުސާ ޓަބަސްކޯ
1 ސައިސަމުސާ ވަސަބީ ޕައުޑާ
2 މޭޒުމަތީސަމުސާ ސޮއި ސޯސް
30ގ ލެޓިއުސް
1 ފޮތި ލުނބޯ
1 ސައިސަމުސާ ލޮނުމެދު (ކޮށާފައި)
1 މޭޒުމަތީސަމުސާ ފިޔާ (ކޮށާފައި)
2 އެވޮކާޑޯ (އޮށް ނަގާ ތޮށި މެށުމަށްފަހު ¼'' ބޯމިނަށް ހަތަރެސް ކަނަށް ކޮށާފައި)
2 މޭޒުމަތީސަމުސާ ލުނބޯހުތް
2 މޭޒުމަތީސަމުސާ ބަލްސަމިކް ވިނެގާ
40މލ އޮލިވް އޮއިލް
40މލ ބަލްސަމިކް ރިޑަކްޝަން
1ސައިސަމުސާ ޑިޖޯން މަސްޓަޑް
1ސައިސަމުސާ ހަކުރު
ލޮނު އަދި އަސޭމިރުސް (ރަހަ ލާ ވަރަށް)
ތައްޔާރުކުރާނެ ގޮތް
ކަނޑުމަސްކޮޅު 25 މިނިޓު ވަންދެން ފިނިކުރާށެވެ. ފުރިޖުން ނެގުމަށްފަހު ކަޓިން ބޯޑު މަތީ ބާއްވައި ¼ ހުންނަ ވަރަށް ކުދިކޮށް ކޮށާލާށެވެ. އަދި އެ މަސްކޮޅު ތަށްޓަކަށް އަޅާލުމަށްފަހު 1 މޭޒުމަތީ ސަމުސާ ލުނބޯހުތާއި ވަސަބީ ސޯސް އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. އަދި އެއަށްފަހު މިމަސްކޮޅު ފުރިޖުގައި ބަހައްޓާށެވެ.
ބަލްސަމިކް ވިނެގާ، ޑިޖޯން މަސްޓަޑު، ބަލްސަމިކް، 1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް، ހަކުރު އަދި ލޮނާއި އަސޭމިރުސް އަޅައިގެން ވަކިން އެއްޗެއްގައި އެއްކޮށްލާފައި ބަހައްޓާށެވެ. އަދި އެވޮކާޑޯ ސަލްސާ ތައްޔާރުކުރުމަށްޓަކައި އެވޮކާޑޯ އާއި ފިޔާ، ލޮނުމެދު، ކޮތަންބިރި ފަތް، ލެޓިއުސް، ބާކީ ހުރި ލުނބޯހުތްކޮޅާއި އޮލިވް އޮއިލް، ލޮނާއި އަސޭމިރުސްކޮޅެއް އަދި ޓަބަސްކޯ އަޅައިގެން އެއްކޮށްލާށެވެ.
އެއަށްފަހު ތަށީގައި އެންމެ ފުރަތަމަ މަސްކޮޅު އޭގެ މައްޗަށް އެވޮކާޑޯ ސަލްސާ އަދި އޭގެ މައްޗަށް ކުރިން އެއްކުރި ބަލްސަމިކް ވިނެގާ ކޮޅު އަޅާލާށެވެ.
ވަން ރެސިޕީ
ވަން ރެސިޕީ