ކޮވިޑް-19 އިގެ އަލާމާތްތައް ފެނި ފުލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވް ވެ ކ. މާފުށި މޮނިޓަރިން އަށް ލައިފި އެވެ.
އެޗްޕީއޭ އިން މިއަދު ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށާއި ކޭސް އިންވެސްޓިގޭޓް ކުރުމަށް މާފުށްޓަށް އަރައި ފޭބުން މަނާކޮށް އެރަށް މޮނިޓަރިން އަށް ލާފައިވާ ކަމަށެވެ.
މާފުށި ހެލްތު ސެންޓަރުގެ މެނޭޖަރު ސަލްމާން ރަޝާދު "ވަން"އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، ކޮވިޑް-19އިގެ އަލާމާތްތަށް ހުރެގެން އެރަށު ފުލޫ ކްލިނިކަށް ދެއްކި މީހަކު މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ސަލްމާން ވިދާޅުވީ ޕޮޒިޓިވް ވި މީހާ އަކީ މި ފަހުން އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާ މީހެއް ނޫން ކަމަށެވެ. ނަމަވެސް އޭނާ އަށް ބަލި ޖެހުނު ގޮތް އަދި ނޭނގޭ ކަމަށް ވިދާޅުވި އެވެ.
ސަލްމާން ވިދާޅުވީ އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ރާއްޖޭގައި ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދު 26 ހާހަށްވުރެ މައްޗަށް ގޮސްފައިވާއިރު މި ބަލީގައި މިހާތަނަށް 71 މީހަކު ވަނީ މަރުވެފަ އެވެ. ބަލި ފެތުރުން އަދިވެސް ކޮންޓްރޯލް ނުވާއިރު މި ބަލި މިހާރު ބޮޑަށް ފެތުރެމުންދަނީ އަތޮޅުތެރޭގެ ރަށްތަކުގަ އެވެ. އެގޮތުން މިހާރުވެސް ބަލި ފެނި 17 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތުގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު