ރޯދަމަހުގެ ހަތް ވަނަ ދުވަހާއި ކުރިމަތިލީއިރު މަސްމާރުކޭޓުގެ އަގުތަކަށް މިވަނީ ހެޔޮބަދަލެއް އައިސްފައެވެ.
ރޯދަމަސް ފެށުނު އިރު މަސްމާރުކޭޓުގައި 70 ރުފިޔާ އަށް ކިލޯ ލިބެން ހުރި ކަންނެލި މިއަދު ލިބެން ހުރީ 40 ރުފިޔާ އަށް ކިލޯއެކެވެ. ކަނޑުމަހުގެ އަގުވެސް ވަނީ ހެޔޮ ވާން ފަށާފައެވެ. ރޯދަ ފެށުނު އިރު 50 ރުފިޔާ އަށް ކިލޯ ލިބެން ހުރި ކަނޑުމަސް މިއަދު ހުރީ ކިލޯ އެއް 35 ރުފިޔާ އަށެވެ.
މަސް މާރުކޭޓުގައި ހުރި އެހެން ބާވަތްތަކުގެ އަގުތަކަށް ބަލާއިރު 20 ރުފިޔާއަށް ތިން މުށިމަސް ލިބޭކަން ފާހަގަކޮށްލެވެއެވެ. އަދި ރިންމަސް 20 ރުފިޔާ އަށް ފަސް މަސް ލިބެން ހުރިއިރު ދޮން ނޫމަސް ލިބެން ހުރީ 20 ރުފިޔާ އަށް ހަތަރު މަހެވެ.
ފަރުމަހުގެ ބައެއް ބާވަތްތަކަށް ބަލާއިރު މާރުކޭޓުގައި ރަތް މަހެއް ލިބެން ހުރީ 100 ރުފިޔާ އާއި 300 ރުފިޔާ އާއި ދެމެދުގައެވެ. ތޮޅިއެއް 20 ރުފިޔާ އަށް ލިބެން ހުރިއިރު މާނިޔާ މަހެއް ލިބެން ހުރީ 100 ރުފިޔާއަށެވެ.
ލޯކަލް މާރުކޭޓުގެ އަގުތައް:
- ކުރުނބާ 20ރ، 30ރ
- ލުނބޯ 35ރ ކިލޯ
- ކިއުކަމްބާ 50ރ ކިލޯ
- ބަނބުކެޔޮ 50ރ، 60ރ ކޭލެއް
- ކުއްޅަފިލާ ފަތް 25ރ ދެ ބޮނޑި
- ކޮޕީފަތް 10ރ ބޮނޑިއެއް
- ކެރެޓު 25ރ ކިލޯ
- އަލަނާސި 45ރ ގަނޑެއް
- ފޭރު 80ރ ކިލޯ
- ކަންކުން ފަތް 10ރ 3 ބޮނޑި
- ކަނޑޫދޫ މިރުސް 200ރ ކިލޯ
- ލާމު މިރުސް 250ރ ކިލޯ
- ތޮޅި މިރުސް 330ރ ކިލޯ
- ކަރާ 25ރ ކިލޯ
- ލޮނުމެދު 50ރ
- ލެޓިއުސް 140ރ ކިލޯ
- ކާށި 20ރ - 10ރ
- ގަބުޅި 20ރ - 25ރ
- ދިވެހި އަނބު 100ރ ކިލޯ
- ބޭރު އަނބު 190ރ ކިލޯ
- ބަނބުކެޔޮ 80ރ
- ދޮންކެޔޮ 50ރ، 70ރ ކިލޯ
- ޖަނބުރޯލު 80ރ ކިލޯ
މަސް މާރުކޭޓުގެ އަގުތައް:
- ކަންނެލި 40ރ ކިލޯ
- ކަނޑުމަސް 35ރ ކިލޯ
- ރަތްމަސް ބޮޑު 100ރ - 300ރ ކިލޯ
- މާނިޔާ މަސް 100ރ ކިލޯ
- ދޮން ނޫމަސް 20ރ 4 މަސް
- މުށިމަސް 20ރ 3 މަސް
- ގިއުޅު 200ރ ކިލޯ
- ރިއްމަސް 20ރ 5 މަސް
- ފާނަ 300ރ ކިލޯ
ޚަބަރު
ޚަބަރު
ޚަބަރު