ކުވެއިތާއި ރާއްޖެއާ ދެމެދުގައި އޮންނަ ގުޅުން ބަދަހިކޮށް ބައިނަލް އަގްވާމީ މަސްރަހުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅެ ގޮތުން މަޝްވަރާ ކުރެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރެއްގައި މިއަދު ކުވައިތަށް ފުރާވަޑައިގެންފި އެވެ.
މި ދަތުރުގައި ކުވައިތުގެ ފޮރިން މިނިސްޓަރު އަދި މިނިސްޓާ އޮފް ސްޓޭޓް ފާ ކެބިނެޓް އެފެއާޒް ޑރ އަހްމަދު ނާސިރް އަލް މުހައްމަދު އަލް އަހުމަދު އަލް އަލް ޖާބިރު އަލް ސަބާހް އާއި އެގައުމުގެ އެހެން ބައެއް އިސްވެރިންނާ މިނިސްޓަރު ޝާހިދު ބައްދަލުކުރައްވާނެ އެވެ.
ފޮރިން މިނިސްޓަރީން ބުނީ މި ބައްދަލުވުންތަކުގައި ކުވައިތުގެ އެހީގައި ކުރިއަށްދާ މަޝްރޫއުތަކާ ބެހޭ ގޮތުންނާއި ދެގައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ އިތުރުން ބައިނަލްއަގްވާމީ މަސްރަހުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރާނެ ކަމަށެވެ.
މި ދަތުރުގައި ޝާހިދުގެ އަރިހުގައި މިނިސްޓްރީގެ ސެކްރެޓަރީ - މަލްޓިލޭޓަރަލް ޑރ. ހާލާ ހަމީދު އާއި ޑިރެކްޓަރު މޫމިނާ އިބްރާހިމް އަދި އެސިސްޓަންޓް ޑިރެކްޓަރު އަހްމަދު ސަލްމާން ޒަކީ ބައިވެރިވެވަޑައިގަންނަވަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު