ވަން އޮންލައިން އަދި ސޯލައިޓް ރެސްޓޯރަންޓް ގުޅިގެން ގެނެސްދޭ ވަން ކިޗަންގެ ރެސިޕީތައް ތައްޔާރުކޮށްދެނީ އެ ރެސްޓޯރަންޓްގެ އެގްޒެކެޓިވް ޝެފް ޕްރަދީޕް ނިޝާންތައެވެ. މިއަދުގެ ވަން ކިޗަން އަށް ހޮވާލެވިފައިވަނީ ޕޮމެގްރެނޭޓް މޮހީޓޯ އަދި ނިޝާންތަ ތައްޔާރުކޮށްދީފައިވާ ބީފް ބާގާ ރެސިޕީއެވެ.

ބޭނުންވާނެ ތަކެތި:

25މލ ޕޮމެގްރެނޭޓް ސިރަޕް

15މލ ލެމަން ސިރަޕް

3 ފޮތި ލުނބޯ

6 މިންޓު ލީވްސް

15ގ އަންނާރު އޮށް

120މލ ސްޕްރައިޓް

50ގ އައިސް

ހައްދަވާނެގޮތް:

ސްޕްރައިޓް ފިޔަވާ ދެންހުރި ތަކެތި ތަށްޓެއްގެ ތެރެއަށް އަޅާލުމަށްފަހު މަތި ބަންދު ވާހެން އެހެން ތަށްޓެއް އަޅައިގެން ގަދައަށް 2-3 މިނެޓު ވަންދެން ތަޅުވާލާށެވެ. އެއަށްފަހު މަތިން ބަންދުކުރި ތަށި ނެގުމަށްފަހު ސްޕްރައިޓް އަޅާލުމަށްފަހު ކުޑަކޮށް ގިރާލުމުން މި ބުއިން މިހުރީ ތައްޔާރުވެފައެވެ.

ބޭނުންވާނެ ތަކެތި:

½ 1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

1 ފިޔާ (ވަށްކޮށް ކޮށާފައި)

180ގ މިންސްޑް ބީފް

1 ސައިސަމުސާ މިކްސްޑް ހަރބްސް

1 ބިސް (ވަކިން ގިރާލާފައި)

2 ފޮތި ސްލައިސް ޗީޒު

2 ލެޓިއުސް ފަތް

4 ޓޮމާޓޯ (ތުނިކޮށް ކޮށާފައި)

ލޮނު އަދި އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް:

ބާގާ ޕެޓީ ތައްޔާރުކުރުމަށްޓަކައި، އެންމެ ފުރަތަމަ މިންސް ބީފް ތެރެއަށް ހަރބްސް އަދި ގިރާލާފައި ހުރި ބިސްކޮޅު އަޅާލައި، ލޮނާއި

އަސޭމިރުސް ކޮޅަކުން ރަހަ ހެޔޮވަރުކޮށްލުމަށްފަހު ރަނގަޅަށް މަސްގަނޑު މޮޑެލާށެވެ. އަދި ވަށްކޮށް ހުންނަ ތައްގަނޑެއްގެ އެހީގައި

މަސްގަނޑު ބާގާ ޕެޓީގެ ބައްޓަމަށް ފަތުރާލާށެވެ. (މި މަސްގަނޑުން ގާތްގަނޑަކަށް 4 ބާގާ ޕެޓީސް ނެގޭނެއެވެ.) ބާގާ ޕެޓީސްތައް 45 ވަރަކަށް މިނިޓު ފްރިޖުގައި ބަހައްޓާލަންވާނެއެވެ. އެއަށްފަހު ތަވައެއްގައި ތެޔޮކޮޅު ހޫނުކޮށްލުމަށްފަހު ވަށްކޮށް ކޮށާފައި ހުރި ފިޔާކޮޅު ކޮންމެވެސް ވަރަކަށް ހޫނުކޮށްލާށެވެ. އަދި ބާގާ ޕެޓީސްތައް ދެފުށް ރަނގަޅަށް ރޯފިލަންދެން ފިހެލާށެވެ. ފިހެވުނު ބާގާ ޕެޓީ މަތީގައި ފިޔާކޮޅު އަދި ޗީޒް ފޮށްޗެއް ބާއްވާލާށެވެ. (މިހެން ހެދުމުން ޗީޒްކޮޅު ކޮންމެވެސް ވަރަކަށް ވިރޭ ގޮތް ވާނެއެވެ.) ބާގާ ބަނަސް ދެފަޅިކުރުމަށްފަހު އުނދުންމަތީ ޓޯސްޓުކޮށްލާށެވެ. އެއަށްފަހު ބަނަހުގެ އެއްފަޅީގައި ލެޓިއުސް، ބާގާ ޕެޓީ، ފިޔާ، ޗީޒް، އަދި

ޓޮމާޓޯ ފޮށްޗެއް ބާއްވާލުމަށްފަހު މަތީގައި ބަނަހުގެ އަނެއް ފަޅި އަޅާލާށެވެ. ބޭނުންވާނަމަ، ބިސްގަނޑެއް ވަކިން އަޅާލުމަށްފަހު ޓޮމާޓޯ ފޮތި މަތީގައި ބާއްވާލައި ބާގާ އިތުރަށް ފުރިހަމަ ކޮށްލެވިދާނެއެވެ.