މަޝްހޫރު ކޮމެޑީ ސިލްސިލާ، ޔޫސޭގެ "ދިރިއުޅުމަކީ މިއީބާ؟" ގެ މި ރޯދަ މަހުގެ ފުރަތަމަ އެޕިސޯޑް މިރޭ 1030 ގައި ވަން މީޑިއާ ގުރޫޕްގެ ޑިޖިޓަލް ޓީވީ، "ވަން ޕްލަސް" އިން ދައްކަން ނިންމައިފި އެވެ.
މިރޭ މި ޕްރޮގްރާމް ދައްކާ އިރު، ޕްރޮގްރާމް ފެންނާނީ ވަން އޮންލައިން ގެ ފޭސްބުކް ޕޭޖް" https://www.facebook.com/oneonlinemv އިންނެވެ.
ރާއްޖޭގެ އެއްވަނަ ކޮމެޑިއަން ޔޫސުފް ރަފީއު (ޔޫސޭ)ގެ ރޯދަ މަހަށް ހާއްސަ ޑްރާމާ 'ދިރިއުޅުމަކީ މިއީބާ؟' މި ރޯދަ މަހު "ވަން ޕްލަސް" އިން ދެއްކުމަށް ނިންމައި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 24 ވަނަ ދުވަހު އެވެ.
ދިރިއުޅުމަކީ މިއީބާ ގެ މުޅިން އާ ހަތަރު އެޕިސޯޑެއް ގެނެސްދިނުމުގެ އިތުރުން ކުރީގެ ބައެއް އެޕިސޯޑުތައް ވެސް މި ރޯދަމަހު ގެނެސްދިނުމަށް ވަން ޕްލަސް އިން ވަނީ ނިންމައިފަ އެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ވަން އޮންލައިން އާ ވާހަކަ ދައްކަވަމުން ޔޫސޭ ބުނީ، ދިރިއުޅުމަކީ މިއީބާ އަށް 40 އަހަރު ވެފައިވާއިރު މިފަހަރުގެ އެޕިސޯޑްތައް ވެސް މީގެ ކުރިން ގެނެސްދީފައިވާ ގޮތަށް ރައްޔިތުން ބަލާހިތްވާ އަދި ރައްޔިތުންގެ ދިރިއުޅުމާ ގުޅޭ ގޮތަށް ގެނެސްދޭނެ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ދުވަސްވީ ޑްރާމާގެ ރެކޯޑް "ދިރިއުޅުމަކީ މިއީބާ" އަށް އޮތް އިރު، އެއީ ސިޔާސީ، އިޖުތިމާއީ އަދި ކޮމެޑީ ކުލަތަކާއެކު ދައްކާ އުފެއްދުމަކަށްވާއިރު މިއަހަރުވެސް މި ހުރިހާ ރަހައެއް އެކުލެވޭ، ބެލުންތެރިންނަށް ކަމުދާނެ ފަދަ އެޕިސޯޑުތަކެއް ގެނެސްދޭނެ ކަމަށް ޔޫސޭ ބުނެފައި ވެއެވެ.[ވަން އޮންލައިންގެ ފޭސްބުކް ޕޭޖުގެ ލިންކް](https://www.facebook.com/oneonlinemv)
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން