މި ރޯދަމަހަށް ހާއްސަކޮށްގެން ވަން ކިޗަންގެ ނަމުގައި މި ގެނެސްދޭ ލިޔުންތަކުގައި ކޮންމެ ދުވަހަކު އާ ރެސިޕީއެއް ގެނެސްދެވޭނެ އެވެ. ވަން އޮންލައިން އަދި ސޯލައިޓް ރެސްޓޯރަންޓް ގުޅިގެން ގެނެސްދޭ ވަން ކިޗަންގެ ރެސިޕީތައް ތައްޔާރުކޮށްދެނީ އެ ރެސްޓޯރެންޓްގެ އެގްޒެކެޓިވް ޝެފް ޕްރަދީޕް ނިޝާންތައެވެ.
މިއަދުގެ ވަން ކިޗަން އަށް ނިޝާންތަ ތައްޔާރުކޮށްދީފައިވަނީ ބަޓާ ޗިކަން އެވެ. ބަޓާ ޗިކަން އަކީ އިންޑިއާ ކެއުން ތަކަށް ލޯބިކުރާ ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު ކެއުމެކެވެ.
250ގ ކުކުޅުމަސް (ކުދިކޮށް ކޮށާފައި)
1 ލުނބޯ
½ ޖޯޑު އާދައިގެ ޔޯގަޓް
1މޭޒުމަތީ ސަމުސާ ލޮނުމެދު (ހިމުންކޮށް ކޮށާފައި)
½ މޭޒުމަތީ ސަމުސާ އިނގުރު (ހިމުންކޮށް ކޮށާފައި)
2 ސައިސަމު ސާ ގަރަމް މަސާލާ
1 ސައިސަމުސާ ރީނދޫ
1 ސައިސަމުސާ ދިރި (ޕައުޑާ)
1 ސައިސަމުސާ ތެޅިމިރުސް
1 ސައިސަމުސާ ލޮނު
2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
2 މޭޒުމަތީ ސަމުސާ ބަޓަރު
1 ފިޔާ (ތުނިކޮށް ކޮށާފައި)
½ މޭޒުމަތީ ސަމުސާ ލޮނުމެދު (ހިމުންކޮށް ކޮށާފައި)
½ މޭޒުމަތީ ސަމުސާ އިނގުރު (ހިމުންކޮށް ކޮށާފައި)
1 ސައިސަމުސާ ދިރި (ޕައުޑާ)
1 ½ މޭޒުމަތީ ސަމުސާ ގަރަމް މަސާލާ
1 ސައިސަމުސާ ކޮތަންބިރި (މުގުރާފައި)
150ގ ޓޮމާޓޯ ޗަސްކޮށްފައި (ނުވަތަ ޕީލްޑް ޓޮމާޓޯ)
ރަހަލާ ވަރަށް ތެޅިމިރުސް، ލޮނު އަދި އަސޭމިރުސް
½ ޖޯޑު ކެޝޫނަޓްސް ޕޭސްޓް (ނުވަތަ ކެޝޫނަޓް މުގުރާފައި)
1 މޭޒުމަތީ ސަމުސާ ހަކުރު
ގާނިޝް ކޮށްލުމަށް ކޮތަންބިރި ފަތް ކޮޅެއް
މެރިނޭޓްކުރުމަށްޓަކައި:
މެރިނޭޓު ކުރުމަށް ބޭނުންވާ ހުރިހާ ތަކެތި ކުކުޅު މަސްކޮޅާއި ލުނބޯހުތް ޖަހައިގެން އެއްކޮށްލާށެވެ. އެއްގަޑިއިރު ވަންދެން މެރިނޭޓް ކުރުމަށް ބަހައްޓާލަން ވާނެއެވެ. އެންމެ ރަނގަޅު ގޮތަކީ އެއް ރޭ ކުރިން ކުކުޅުކޮޅު މެރިނޭޓްކުރުމަށް ބެހެއްޓުމެވެ.
ސޯސްގަނޑު ތައްޔާރުކުރާނެ ގޮތް:
އުނދުންމަތީ ތަވައެއްގައި ތެޔޮކޮޅު ހޫނުކޮށްލަން ޖައްސާށެވެ. ފިޔާކޮޅު އަޅާލުމަށްފަހު 3 މިނިޓް ވަންދެން މުށިކުލައެއް އަރަންދެން ތެލުލާށެވެ. އެއަށްފަހު ވަކިން ފިޔާކޮޅު ނަގައި ހޫނުކަންމަތީ ބަހައްޓާށެވެ. ދެން ފިޔާކޮޅު ނެގުމަށްފަހު ތަވައަށް ބަޓަރުކޮޅު އަޅާލައި ވިރުވާލާށެވެ. އަދި ކުރިން ތެލުލި ފިޔާކޮޅު ބަޓަރުކޮޅު ތެރެއަށް އަޅާލައި، 6 މިނިޓް ވަންދެން އުނދުންމަތީ ހޫނުކޮށްލާށެވެ. އިނގުރާއި ލޮނުމެދު އަޅައިލުމަށްފަހު 1 މިނިޓު ވަންދެން ރަހަގަނޑުގެ ވަސް ނުކުންނަންދެން މީރުކުރަމުން ގެންދާށެވެ. އެއަށްފަހު ކޮތަންބިރި، ދިރި އަދި ގަރަމް މަސާލާ އެއްކޮށްލާށެވެ. 20 ސިކުންތުވަރު ވަނދެން ސޯސްގަނޑު ހާކާލަމުން ކައްކާލާށެވެ. ޗަސްކޮށްފައިހުރި ޓޮމާޓޯ، ތެޅިމިރުސް އަދި ލޮނު އެއްކޮށްލާށެވެ. 15-10 މިނިޓު ވަންދެން ސޯސްގަނޑު ކޮންމެވެސް ވަރަކަށް ހިކެންދެން އަދި ގަދަ މުށިކުލަ ނުވަތަ ރަތްކުލައެއް އަރަންދެން ކައްކާލާށެވެ. ދެން އުނދުން ނިވާލުމަށްފަހު ސޯސްގަނޑު މިކްސަރަކަށް އަޅައި، ރަނގަޅަށް އެއްވައްދެން ޖައްސާށެވެ.
ބަޓަރ ޗިކަން ތައްޔާރުކުރުމަށް:
މިކްސަރުން އެއްކުރި ސޯސްގަނޑު ތަވާ ތެރެއަށް އަޅާލާށެވެ. އެއަށްފަހު ކެޝޫ ޕޭސްޓު، ހަކުރު އަދި ކާފޫރުތޮޅި ޗަސްކޮށްލުމަށްފަހު ސޯސްގަނޑުގެ ތެރެއަށް އެއްކޮށްލާށެވެ. މެރިނޭޓް ކުރި ކުކުޅުކޮޅު މީގެ ތެރެއަށް އެއްކުރުމަށްފަހު އުނދުން ޖައްސާލުމަށްފަހު 10-8 މިނިޓު ވަންދެން ކައްކާލާށެވެ. ކައްކަމުން ގެންދާނީ ކުކުޅުކޮޅު ރަނގަޅަށް ރޯފިލައި، ސޯސްގަނޑު ކޮންމެވެސް ވަރަކަށް ހިކި ކެކިގަންނަން ދެނެވެ. އުނދުން ނިވާލުމަށްފަހު، ތައްޔާރުކުރެވުނު ބަޓާ ޗިކަންކޮޅު ބޯތައްޓަކަށް އަޅާލުމަށްފަހު ކޮތަންބިރި ފަތްކޮޅެއް މައްޗަށް ބުރުވާލައި ގާނިޝްކޮށްލާށެވެ. މިހާރު ތިހުރީ ބަޓާ ޗިކަން ތައްޔާރު ވެފަ އެވެ.
ވަން ރެސިޕީ
ވަން ރެސިޕީ