ރޯދަ މަހުގެ ދެވަނަ ދުވަހާ ކުރިމަތިލާއިރު މާރުކޭޓުގައި ތަކެތީގެ އަގަށް ބޮޑު ބަދަލެއް ނާންނަކަން ފާހަގަކޮށްލެވެއެވެ.
ރޯދަމަހު އެންމެ ގިނައިން ބޭނުންކުރާ ކަނޑުމަހުގެ އަގުތައް މިއަހަރު އަދި ހުރީ ބޮޑުކޮށް ކަން ފާހަގަކޮށްލެވެއެވެ. ހާއްސަކޮށް ކަންނެލި އަދި ކަނޑުމަހުގެ އަގު ބޮޑުކަން ފާހަގަ ކޮށްލެވެއެވެ.
މަސް މާރުކޭޓުގައި ކަންނެލި ކިލޯއެއް މިއަދު ލިބެން ހުރީ 65ރ އަށެވެ. ކަންނެލި ވިއްކާ ފަރާތްތަކުން ވަނީ ރޯދަ މަހުގެ މެދުތެރޭގައި ކަންނެލީގެ އަގު ހެޔޮ ވާނެ ކަމަށް ބެލެވޭކަމަށް ބުނެފައެވެ. މިއަދު މާރުކޭޓުގައި ކަނޑުމަސް ވެސް ލިބެން ހުރީ ކިލޯ އެއް 50ރ އަށެވެ.
މަސް މާރުކޭޓުގައި ފަރުމަހުގެ ބާވަތްތަކަށް ބަލާއިރު މުށިމަސް 20ރ އަށް ތިން މަސް ލިބެން އެބަހުއްޓެވެ. ރިއްމަސް ލިބެން ހުރީ 20ރ އަށް ހަތަރު މަހެވެ. މާނިޔާމަސް 80ރ އާއި 100ރ އާއި ދެމެދުގެ އަގުތަކެއްގައި ހުރިކަން ފާހަގަކޮށްލެވެއެވެ. މަސްމާރުކޭޓުގައި މިއަދު ފަރުމަހުގެ ބާވަތްތައް ތިޔާގިކަން ފާހަގަކޮށްލެވެއެވެ.
ލޯކަލް މާރުކޭޓުގެ އަގުތައް:
- ކުރުނބާ 20ރ، 30ރ
- ލުނބޯ 40ރ ކިލޯ
- ކިއުކަމްބާ 45ރ ކިލޯ
- ބަނބުކެޔޮ 50ރ، 80ރ ކޭލެއް
- ކުއްޅަފިލާ ފަތް 12ރ ބޮނޑިއެއް
- ކޮޕީފަތް 15ރ ބޮނޑިއެއް
- ކެރެޓު 30ރ ކިލޯ
- އަލަނާސި 40ރ ގަނޑެއް
- ފޭރު 80ރ ކިލޯ
- ކަންކުން ފަތް 10ރ 2 ބޮނޑިއެއް
- ކަނޑޫދޫ މިރުސް 480ރ ކިލޯ
- ތޮއްޑޫ މިރުސް 480ރ ކިލޯ
- ތޮޅި މިރުސް 330ރ ކިލޯ
- ކަރާ 25ރ ކިލޯ
- ލޮނުމެދު 50ރ
- ލެޓިއުސް 150ރ ކިލޯ
- ކާށި 30ރ - 5ރ
- ގަބުޅި 20ރ - 60ރ
- ދިވެހި އަނބު 150ރ ކިލޯ
- ބޭރު އަނބު 220ރ ކިލޯ
- ބަނބުކެޔޮ 50ރ - 80ރ
- ދޮންކެޔޮ 50ރ، 80ރ
މަސް މާރުކޭޓުގެ އަގުތައް:
- ކަންނެލި 65ރ ކިލޯ
- ކަނޑުމަސް 50ރ ކިލޯ
- ރަތްމަސް ބޮޑު 150ރ - 500ރ ކިލޯ
- މާނިޔާ މަސް 80ރ، 100ރ ކިލޯ
- ދޮން ނޫމަސް 20ރ 4 މަސް
- މުށިމަސް 20ރ 3 މަސް
- ގިއުޅު 60ރ ، 70ރ ކިލޯ
- ރިއްމަސް 20ރ 4 މަސް
- ފާނަ 50ރ ކިލޯ
ޚަބަރު
ޚަބަރު
ޚަބަރު