ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރެޖިސްޓްރީ ވުމަށް އެދި އިސްލާމިކް މިނިސްޓްރީ އަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދަފްތަރުގައި ނަން ނެތް ފަރާތްތަކަށް ޝަކުވާ ހުސަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރެޖިސްޓްރީ ވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުން މާޗުމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި ކަމަށެވެ. އަދި މުއްދަތު ހަމަވި އިރު، ހުށަހަޅާފައިވާ ފޯމުތަކަށް ބަލައި ދަފްތަރުގައި ހިމެނި މީހުންނާއި ނުހިމަނާ މީހުންނަށް އެކަން އަންގައި ފޯނަށް މެސެޖު ކޮށްފައިވާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިގޮތަށް އަންގާފައިވާ ފަރާތްތަކުގެ ތެރެއިން ދަފްތަރުގައި ރެޖިސްޓްރީ ކޮށްފައި ނުވާ ފަރާތްތަކުން އެއްވެސް ޝަކުވާއެއް އޮތް ނަމަ މާދާމާ މެންދުރު 2:00ގެ ކުރިން އެކަން އީމެއިލް މެދުވެރިކޮށް އެ މިނިސްޓްރީއަށް އެންގުމަށް އެދޭ ކަމަށެވެ.
ޝަކުވާ އާއި ހުށަހަޅަން ޖެހޭ ލިޔުންތައް ފޮނުވަން ޖެހެނީ [email protected] އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު