މޯލްޑިވް ގޭސްގެ ޑިސްޓްރިބިއުޝަން ޔުނިޓުތައް މާދަމާ ބަންދުވާނެ ކަމަށާއި ނަމަވެސް ޑިސްޓްރިބިއުޝަން ޔުނިޓުތަކަށް ހުސްފުޅި ގެނައުމުން ގޭސްފުޅި ދޫކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

މޯލްޑިވް ގޭސްއިން މިއަދު ކުރި އިއުލާނެއްގައި ވަނީ މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށްވާތީ އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ޔުނިޓުތައް މާދަމާ ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ހެނދުނު 09:00 އިން ރޭގަނޑު 10:00 އަށް އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ޔުނިޓުތަކަށް ހުސްފުޅި ގެނައުމުން ގޭސްފުޅި ދޫކުރާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް މޯލްޑިވް ގޭސްއިން ވަނީ ބުނެފައެވެ.

މޯލްޑިވް ގޭސް އިން ވަނީ އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދިފައެވެ.