އއ. ތޮއްޑޫގައި އުމުރުން ދުވަސްވީ މީހަކަށް ލަކުޑި ބުރިއަކުން ހަމަލާދީފި އެވެ.
ތޮއްޑޫ ހެލްތު ސެންޓަރުގެ މެނޭޖަރު އަބްދުﷲ ޝިފާޒް ވިދާޅުވީ އަނިޔާ ލިބިފައިވާ މީހާ އިތުރު ފަރުވާއަށް އެ އަތޮޅު ރަސްދޫ އަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
ޝިފާޒް ވިދާޅުވީ އަނިޔާވެފައިވަނީ 57 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އެމީހާ އަށް ހަމަލާ ދީފައިވަނީ ލަކުޑި ބުރިއަކުން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
ޝިފާޒް ވިދާޅުވީ މި ހާދިސާ ހިނގީ ޒުވާން ފިރިހެނަކު ދުއްވަމުން ދިޔަ ކާރެއްގައި އަނިޔާވި ފިރިހެން މީހާ ދުއްވަމުންދިޔަ ސައިކަލު ޖެހުމުން، ކާރުގަ އިން މީހާ ރުޅިގަދަވެ ލަކުޑިބުރިން ހަމަލާދީގެން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެމީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި ނަމަވެސް މެޔަށް ތަދުވާތީ އެކްސްރޭ އެއް ނަގައި އިތުރު ކަންކަން ބަލަން ރަސްދޫ އަށް ފޮނުވާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިކަން ހިނގައި ދިޔަ ގޮތް ބަލަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު