ކޮރޯނާ އާއި ގުޅުވައިގެން ސިދާތު ޝުކްލާ ކޮށްފައިވާ ޓުވީޓު ގިނަ ބަޔަކަށް މަޖާވެ ވައިރަލް ވެއްޖެއެވެ. އޭނާގެ ޓުވީޓުގައި ބުނަނީ ކޮވިޑް19 ޖެހުމުން ގޭގައި އެކަނި އޮތުމަށެވެ. އަދި ގޭގައި އެކަނި އޮތުމުން ވައިރަސް އަށް ގަދައެއް ނުދެއްކޭނެއެވެ.

ޝުކްލާގެ މި ޓުވީޓަށް އޭނާގެ ފޭނުން އަންނަނީ ރިއެކްޓު ކުރަމުންނެވެ. އެހެން ފޭނަކު ވަނީ ސިދާތުގެ މިވާހަކައާއި ބިގްބޮސް13 ގައި ދައްކާ ވާހަކަކޮޅަކާ ގުޅުވާފައެވެ.

އޭނާ ވަނީ ވަރަށްފަހުންވެސް، އޭނާގެ ފޭނުންގެ ކިބައިން މި ލޮކްޑައުންގައި ގޭގައި މަޑުން ތިބުމަށް ނަސޭހަތްތެރިވެފައެވެ. އަދި ހަދިޔާ ރައްދުކުރުމަށް ނުނުކުތުމަށާއި، ސަޕޯޓަރުންގެ ލޯބި ޓުވިޓާއިންވެސް ރައްދުކުރެވިދާނެ ކަމުގައި ބުނެފައެވެ.

އިންޑިއާގައި ކޮވިޑުގެ ހާލަތު އަންނަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންކަން ފާހަގަކޮށްލެވެއެވެ.