ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ކޮލެޖު ކަމަށްވާ އެވިޑް ކޮލެޖުގެ ކެމްޕަސްތަކުގެ ތެރެއިން ގދ. ތިނަދޫގައި ހުންނަ ކެމްޕަސްއަށް އެޕްލައި ކުރި ދަރިވަރުންގެ ތެރެއިން ގުރުއަތުން ހޮވުނު ނަސީބުވެރިޔާއަށް ސައިކަލެއް ހަވާލުކޮށްފިއެވެ.

ސައިކަލު ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ކަށީގެ ހާއްސަ ޑޮކްޓަރު، އާޒިމް އަބްދުލް ޝަކޫރެވެ.

އެވިޑް ކޮލެޖުން ބުނީ، ނަސީބުވެރިޔަކަށް ހޮވުނު ދަރިވަރަށް މޫވް ސައިކަލެއް ހަވާލުކޮށްފައިވާ ކަމަށެވެ. ޖެނުއަރީ އިންޓޭކްގެ ނަސީބުވެރި ފަރާތަކަށް ހޮވުނީ، ގދ. ތިނަދޫ، ފެމޯރާގެ، ސަޖުއަތު މުހައްމަދު ޝާހްއެވެ.

ކޮންމެ އިންޓޭކްއަކާ ދިމާކޮށް ދަރިވަރުން ކިޔެވުމަށްޓަކައި އެވިޑް ކޮލެޖުން ވަނީ ގިނަ ފުރުސަތުތައް ހުޅުވާލައިފައެވެ. އެގޮތުން ޖެނުއަރީ އިންޓޭކްގައި ވެސް ގދ. ތިނަދުއަށް ހާއްސަކޮށް 20 ސްކޮލާޝިޕްގެ ފުރުސަތާއި ފައުންޑޭޝަން މުޅި ކޯސްގެ 25 ޕަސަންޓް ދަރިވަރުންނަށް ހިލޭކޮށްދިނުން ފަދަ ފުރުސަތުތަކެއް ވަނީ ފަހިކޮށްދީފައެވެ.