އެމްޑީޕީން ހެދި ހާއްޔަށް ޕީޕީއެމުން ބިސް އަޅައިފި ކަމަށާއި ނަމަވެސް ބުޅާ ހެދި ގޮތަށް ހާލި ވައްޓާ ނުލާނެ ކަމަށް ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، މާލޭގެ މޭޔަރުކަން އެމްޑީޕީއަށް ގެއްލުނު ނަމަވެސް ޖުމުލަ ގޮތެއްގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެ ޕާޓީން ކަމަށެވެ.
އަދި ލާމަރުކަޒީ ނިޒާމު ރާއްޖެއަށް ތައާރަފުކޮށް އެ ނިޒާމުގެ ފުލް ކްރެޑިޓް އެމްޑީޕީން ނަގަމުން ދިޔަ ނަމަވެސް އެ ޕާޓީގެ ސުޕަ މެޖޯރިޓީ އޮންނަ މާލޭގެ މޭޔަރުކަމާއި ގިނަ ގޮޑިތަކެއް އެޕާޓީއަށް ގެއްލުމަކީ ނާކާމިޔާބެއް ކަމަށް ވިދާޅުވިއެވެ.
"ހާލި ހެދީ އަޅުގަނޑުމެން ކާޅު. ދެން ޕީޕީއެމުން އައިސް އެތަނަށް ބިސް އަޅައިފަ މި އޮތީ. ދެން އަޅުގަނޑު ދެކޭ ގޮތުގައި މިއަކީ އަޅުގަނޑުމެން ބުޅާ ހެދި ހާލި ވައްޓާލަން ދުއްވައި ގަންނަންވީ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމު ވަރުގަދަކޮށް އެ ނިޒާމު މެދުވެރިކޮށްގެން ތަރައްގީ ހޯދައި ދިނުމަށް އެމްޑީޕީން މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، މާލޭގެ މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ވެސް އެކަން ކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އެކަމަށް އެމްޑީޕީގެ އެއްބާރުލުން ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު