ކުޑަކުދިންނަށް ހާއްސަކޮށްގެން ރާއްޖޭގައި ހެދި ފުރަތަމަ ޕޫލް މާފުށީ ކުޑަކުދިންގެ ޕާކުގައި އިއްޔެ ހުޅުވައިފި އެވެ.
އެ ޕޫލް މާފުށީގައި ހުޅުވީ، ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރަމުން އަންނަ "ކާނި ހޮޓެލްސް" ގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ. އެ ޕޫލް ހެދުމަށް ގާތްގަނޑަށް ފަސް ލައްކަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެ ފަރާތުން ބުނެ އެވެ.
މާފުށީ "މާފަހިވަތި" ޕާކުގައި ހުޅުވި މި ޕޫލަށް 12 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް ވެސް އެރެވޭނެއެވެ.
ޕޫލާއި ބެހޭ ގޮތުން "ވަން" އަށް މައުލޫމާތު ދެއްވަމުން ކާނި ހޮޓެލްސްގެ މެނޭޖުމަންޓްގެ އޮފިޝަލަކު ވިދާޅުވީ، އެ ޕޫލަކީ ކާނި ހޮޓެލްސްގެ ވެރިޔާ އަބްދުﷲ ނަޝީދުގެ އަނބިކަނބަލުން އާމިނަތު އާސިމާ ސަލީމްގެ އިސްނެންގެވުމަށް ހެދި ޕޫލެއް ކަމަށެވެ. އެ ޕޫލް ހެދީ ރަށުގެ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.
ރާއްޖެ އެންމެ ބޮޑު ޓޫރިސްޓު ހޮޓާ ހިންގަމުން އަންނަ ކާނި ހޮޓެލްސްއިން ވަނީ މާފުށީގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ހެދި ޕޫލް ބެލެހެއްޓުމުގެ ޒިންމާވެސް ނަގައިފައެވެ.
އިޖުތިމާއީ ޒިންމާގެ ދަށުން ކާނި ހޮޓެލްސް އިން އަންނަނީ މާފުށީގައި ގިނަ ކަންތައްތަކެއް ކުރަމުންނެވެ. އެގޮތުން އެ ރަށުގެ ކުރީގެ ކުޑަކުދިންގެ ޕާަކަކީ ވެސް އެ ކުންފުނީގެ އެހީގައި ހެދި ޕާކެކެވެ. އަދި މާފުށީގެ ހިނަވާގެ ހަދައިދިނީ ވެސް ކާނިންނެވެ.
ކާނީގެ މިހާރުގެ އަމާޒަކީ މާފުށީގައި "ބާޑް ޕާކެއް" ހެދުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު