އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް (މިފްކޯ) އާ ދެމެދު ފަސްމީރު މަސްދަޅު ޑެލިވަރީ ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އައިބީއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އަންވަރެވެ. މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިސްމާއިލް ފައުޒީއެވެ.
އައިބީއެމުން ބުނީ, މި އެއްބަސްވުމަކީ މިފްކޯގެ އުފެއްދުންތައް ކަސްޓަމަރުންނާ ހަމައަށް އިތުބާރާއެކު ހަލުވި ސްޕީޑެއްގައި ގެންގޮސްދިނުމުގެ ގޮތުން ވެފައިވާ އެއްބަސްވުމެއް ކަމަށެވެ.
އެގޮތުން އައިބީއެމްގެ ހޮޓްލައިން 1619 އަށް ގުޅައިގެން ތާޒާ ފެނަށް އޯޑަރު ދޭ އުސޫލުން މިހާރު މިފްކޯގެ ފަސްމީރު ބްރޭންޑުގެ މަސް ކޭހަށް ވެސް އޯޑަރު ކުރެވޭނެއެވެ.
އެ ހިދުމަތް ފެށުމުގެ ގޮތުން އައިބީއެމުން ކަސްޓަމަރުންނަށް ފޯރުކޮށްދޭނީ "ޗަންކްސް އިން އޮއިލް" އަދި "ޗަންކްސް އިން ބްރައިން" ގެ 48 ދަޅުގެ މަސްކޭހާއި 24 ދަޅުގެ މަސްކޭހެވެ.
ޚަބަރު
ޚަބަރު
ޚަބަރު