ރ. އިނގުރައިދޫގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

އެމްއެެންޑީއެފުން ބުނީ، އިނގުރައިދޫ ގުލްހަޒާރުގޭގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން އެމްއެންޑީއެފްގެ ޅ. ނައިފަރު ފަޔާ ސްޓޭޝަނުން ހަރަކާތްތެރިމުން އަންނަ ކަމަށެވެ.

މި ހާދިސާގައި ދެމީހަކަށް ވަނީ އަނިޔާވެފައެވެ.

އެމްއެންޑީއެފުން ބުނީ، އަނިޔާވި އެކަކަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު، އަނެއް މީހާއަށް ފަރުވާދެމުން އަންނަނީ އިނގުރައިދޫ ހެލްތު ސެންޓަރުގައި ކަމަށެވެ.