ޚަބަރު

ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމަށް މަސައްކަތް ފަށަން ތައްޔާރުވެއްޖެ

އަލީ ޔާމިން

ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ.

ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރުމަށް އެރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެކުންފުނީގެ އިސްވެރިންނާއި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 50 މީޓަރުގެ ފަސް ގްރޮއިން ޖެހުމާއި 30 މީޓަރުގެ އެއް ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 39.6 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. މި މަޝްރޫއު ނިންމުމަށް ހަވާލުކޮށްފައި ވަނީ 75 ދުވަހުގެ ތެރޭގައެވެ.