ޚަބަރު

މާކުރަތާއި ހުޅުދުއްފާރުވެސް އާންމު ހާލަތަށް

އަލީ އަފާފް ރަމީޒު

ރ. މާކުރަތާއި އެ އަތޮޅު ހުޅުދުއްފާރުވެސް މޮނީޓަރިންގެ ހާލަތުން ނަގައިފިއެވެ.

މާކުރަތު މޮނިޓަރިން އަށް ލާފައިވަނީ ރ. އުނގޫފާރު ކްލަސްޓާގައި ހިމެނޭ މީހަކު އެރަށުން ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ލާފައިވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުއެވެ. އަދި ހުޅުދުއްފާރުވެސް މޮނީޓަރިންއަށް ލާފައިވަނީ އުނގޫފާރަށް ދަތުރު ކުރި މީހަކު އެރަށުން ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ލާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާކުރަތުން ނެގި ހުރިހާ ރެންޑަމް ސާމްޕަލެއް ވެސް ނެގެޓިވްވުމުން، އެރަށް މިއަދު މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށެވެ. އަދި އެ އަތޮޅު ހުޅުދުއްފާރުވެސް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް ބުންޏެވެ.

މާކުރަތާއި ހުޅުދުއްފާރުގެ އިތުރުން މިއަދު ވަނީ އެ އަތޮޅު އަލިފުށިވެސް މޮނީޓަރިންގެ ހާލަތުން ނަގައިފައެވެ. އަދި އެ އަތޮޅު މަޑުއްވަރީ އާއި އުނގޫފާރުވެސް ވަނީ އާންމު ހާލަތަށް ގެނެސްފައެވެ. އުނގޫފާރު ކުލާސްޓާއާ ގުޅިގެން ކ. ދިއްފުއްޓާއި ޅ. ނައިފަރު އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.